އަލީ ސިފާމް-- ފޮޓޯ: މިހާރު
ހަބަރު
29 Jul 2024 | 16:53
ޒިޔަދަމްގެ މަރު: ސިފާމްގެ މައްޗަށް ކުރި އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި

2015 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި، އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ލ. މުންޑޫ/ ބީޗުވިލާ، އަލީ ސިފާމް 25 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

 އަލީ ޒިޔަދަމް މަރާލި މައްސަލައިގައި މަރާލި މައްސަލާގައި 7 އަހަރު ފަހުން ހުކުމްކޮށްފައިވާއިރު، އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ސިފާމް ގެ އިތުރުން ލ.މުންޑޫ/ ހީނާވިލާ، މުހައްމަދު ޝަނޫންގެ މައްޗަށެވެ.

އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވިއިރު، ސިފާމް އެކަމުގައި ބައިވެރިވިކަމަށް ވަނީސާބިތުވެފައެވެ.

ސިފާމް ގެ މައްޗަށް ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތުނުވި ނަމަވެސް، އޭނާ އަމަލުކުރި ގޮތުގެ ސަބަބުން ޒިޔަދަމްއަށް ސަލާމަތްވާން ލިބުނު ފުރުސަތުތައް ހަނިވެގެން ދިޔަކަން ވަނީ  ދަށު ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ސާބިތުވެފައެވެ.

އެއާއިއެކު، ދަށު ކޯޓުން ވަނީ އެނާގެ އަމަލުތައް ހުރީ އިންސާނީ ކަރާމާތާއި ޤަދަރަށް އުނިކަން އަންނަ އަދި އެންމެ މަތީ ދަރަޖައިން އަދަބު ކަނޑައެޅޭ ޙާލަތުގައިކަމަށް ނިންމައި، އެ ކުށަށް ކަނޑައެޅޭނެ އެންމެ މަތީ އަދަބުކަމަށްވާ 25 އަހަރުގެ ޖަލު ޙުކުމެއް ސިފާމް ގެ މައްޗަށް އިއްވާފައެވެ.

މި ހުކުމް ސިފާމް ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މި މައްސަލައާއި ގުޅޭ ގޮތުން މިއަދު ކުރިއަށް ދިޔަ އަޑު އެހުމުގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނީ، ސިފާމްގެ މައްޗަށް އަދަބު ކަނޑައަޅަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް އޭނާގެ ފަރާތުން ބުނި ނަމަވެސް، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކަނޑައެޅި އަދަބު ރަނގަޅު ކަމަށެވެ. މީގެ އިތުރުންވެސް، އަދަބު ކަނޑައެޅުމުގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ބެލޭނެ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވުމަށްޓަކައި އޭނާ ފިލަން ދުއްވައިގަތުމުން އޭނާގެ ގައިގައި ހިފެހެއްޓީ ސިފާމް ކަން ހެކިންގެ ބަހުން އެނގޭތީ ޒިޔަދަމްގެ މަރުގައި ސިފާމްގެ ބައިވެރިވުން އޮތްކަން ސާބިތުވާއިރު، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ސިފާމް 25 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ގެ އިއްތިފާގުން ވަނީ ސިފާމްގެ މައްޗަށް ހުކުމް އިއްވާފައެވެ.

2015 ވަނަ އަހަރުގެ ހިނގާދިޔަ މި ހާދިސާގައި ޒިޔަދަމްގެ ބޮލަށާއި ބުރިކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް