ކުރީގެ ދެ ބަންޑާރަ ނައިބުން
ހަބަރު
31 Jul 2024 | 18:16
ކުރީގެ ދެބަންޑާރަ ނާއިބުން އިސްވެ ތިއްބަވާ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގެ ދިރާސާއެއް ހައްދަވަނީ

ކުރީގެ ދެބަންޑާރަނާއިބުން ކަމުގައިވާ ޢާޒިމާ ޝަކޫރާއި ދިޔާނާ ސަޢީދު އިސްވެ ތިއްބަވައިގެން، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތްހިންގުމުގެ ދިރާސާއެއް ހައްދަވަންނިންމަވައިފިއެވެ. 

“ވޮއިސް”އަށް މަޢުލޫމާތު ދެއްވަމުން، އެބޭފުޅުން ވިދާޅުވީ، މިއީ ޢިލްމީ އަދި ފަންނީ މަސައްކަތެއްކަމުގައެވެ. އަދި އެބޭފުޅުން އެ މަސައްކަތްކުރައްވަން ނިންމެވީ، ޤައުމީ ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.

“ޤާނޫނުއަސާސީ ތަޞްދީޤުކުރެވިގެން މިހިނގާ 16 އަހަރުގެ ތެރޭގައި އެކަށީގެންވާ ދިރާސާއެއް ކުރެވިފައިނުވާތީ އާއި، އަދި ރާއްޖޭގެ ދުސްތޫރީ މުސްތަޤްބަލުގެ ރާސްތާ ކަނޑައެޅުމުގައި މިފަދަ ދިރާސާއެއް ކުރެވި، ދިވެހިރާއްޖޭގެ ތަޖުރިބާއާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާވެސް ބަލައިލުލަމީ މުހިންމުކަމެއް ކަމުގައި ދެކޭތީ. އަދި މިފަދަ ކަންކަމުން ތަޖުރިބާ ލިބިގަނެގެން ދުސްތޫރީ މުސްތަޤްބަލު ކަނޑައެޅުމަކީ ޤައުމަށް އެންމެ ފައިދާވާނޭ ގޮތްކަމުގައިވެސް ފެނިގެން.” 

މިކަން ކަމުގެ އިތުރުން، އެ ދެ ބޭފުޅުންނަކީވެސް ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި، އަދި ޤާނޫނުއަސާސީ ތަންފީޛުކުރުމުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު ބައެއް ކަމަށް ވާއިރު، އެ ތަޖުރިބާ ހުރި ބައެއްގެ ހައިސިއްޔަތުން، އެފަދަ މަސައްކަތެއްކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖްތަމަޢަށާއި، ކިޔަވާކުދިންނަށާއި އަދި މުސްތަޤްބަލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކޭތީ ކުރާ ދިރާސާއެއް ކަމަށް ވެސް ވިދާޅުވިއެވެ. 

އެ ދެބޭފުޅުން ވިދާޅުވި ގޮތުގައި، މިމަސައްކަތުގައި ޤާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކާއި ދައުލަތް ހިންގުމުގައްޔާއި  ޤާނޫނުއަސާސީއަށް ޢަމަލުކުރުމުގައި ކަންކަންހިނގާފައިވާގޮތް ދިރާސާކޮށް މުސްތަޤްބަލްއޮންނަންވާނޭ ގޮތްކަމަށް އެބޭފުޅުން ދެކޭގޮތުގެ ތަޞައްވުރަށް ވާޞިލުވުމުގައި ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް އަލިއަޅުވާ ލައްވާނެއެވެ. 

އަޅުގަނޑުމެންގެ މިމަސައްކަތަކީ، ދުސްތޫރީ ޢިލްމަށް ޚާއްޞަ ރާއްޖެއިން ބޭރުގެ 5 ތަޖުރިބާކާރުންނާއެކު، އަޅުގަނޑުމެން ކުރިޔަށް ގެންދާ މަސައްކަތެއް. މިމަސައްކަތުގެ، ދިވެހިރާއްޖޭގެ ޢިލްމީ މަންސަ (ޕްލެޓްފޯމް) އަކީ މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް (PolicyMv).  އަދި މިމަސައްކަތް ކުރިއަށް ގެންދިޔުމުގައި  އެކިދާއިރާތަކުގެ ތަޖުރިބާކާރުންނާއި އަދި ޢާންމު ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ޚިޔާލު ހޯދުމަށް ރޭވިފައިވޭ.

މިދިރާސާގެ މަޢުލޫމާތު ހާމަކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ޖަލްސާއެއް ބޭއްވުމަށް އެ ދެބޭފުޅުން ވަނީ ނިންމަވާފައެވެ: 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.