ދުސްތޫރީ އޮނިގަނޑު ދިރާސާކުރުމުގެ މަސައްކަތް ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ދިޔާނާ ވާހަކަފުޅު ދައްކަވަނީ.... ފޮޓޯ/ ވޮއިސް
ހަބަރު
05 Aug 2024 | 07:57
ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތުން ޤާނޫނު އަސާސީ މުރާޖައާކުރުން ނޫންގޮތެއް ނެތް: ދިޔާނާ

ރާއްޖޭގައި މިހާރު އަމަލުކުރަމުން މިދާ ޤާނޫނު އަސާސީ މުރާޖައާ ކުރުމަށް މިއަށްވުރެ ވަކިން ރަނގަޅު ވަގުތެއް ނެތްކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތް ހިންގުމުގެ ދިރާސާއެއް ހައްދަވަން ނިންމައި އެކަމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ، ޤައުމުގެ ހާލަތު މިއަދު ފެންނާން އޮތްގޮތުން ޤާނޫނު އަސާސީ މުރާޖައާ ކުރުމަށް ވަކި މިއަށްވުރެ މުނާސަބާ ވަގުތެއް ނާންނާނެ ކަމަށެވެ. ދިޔާނާ ވިދާޅުވީ، ޤާނޫނު އަސާސީ މުރާޖައާކުރުން ޖާއިޒު ވެއްޖެތޯ މިއީ މިއަދު ގިނަ ރައްޔިތުން ކުރަމުންދާ ސުވާލެއް ކަމަށެވެ. އޭގެ ބައިވަރު ސަބަބުތައްވެސް އެބަހުރިކަމަށް ދިޔާނާ ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ޤާނޫނު އަސާސީ ފަރުމާކުރިއިރު، އެ ޤާނޫނުއަސާސީގެ ދަށުން ލިބުމަށް އެދުނު ދައުލަތް ދިވެހިންނަށް ލިބިފައިނުވާކަމީ މިއަދު ވަރަށްގިނަ ރައްޔިތުން ދައްކަމުންދާ ވާހަކަތަކެއްކަމަށް ދިޔާނާ ވިދާޅުވިއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަދު ދާއިރާތަކަކަށް ކުރިއެރުންތައް ލިބިފައި ހުރިނަމަވެސް، ގިނަ ދާއިރާތައް މިއަދު ވަނީ ބޮއްސުންލާފައިކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ސިޔާސީޕާޓީތައް އުވާލައި ރާއްޖޭގެ ވެރިކަން އިހުކުރިގޮތަށް މާ ރަނގަޅުކަމަށް ގޮވަމުންދާއިރު، ރައްޔިތުންގެ މަޖިލީސް އުވާލަން ގޮވާލާ ގޮވާލުންތައް އިތުރުވުމާއި، ޖުޑީޝަރީއާއި މިނިވަން މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު މިއަދު ގެއްލިފައިވާކަން މިހާތަނަށް ހެދިފައިވާ ދިރާސާތަކުން ދައްކާފައިވާކަމަށް ދިޔާނާ ވިދާޅުވިއެވެ.

މި ޤާނޫނުއަސާސީގައި 16 އަހަރު ތިބެވުން އެއީހަމަ ވަރަށްބޮޑު ކާމިޔާބެއް. އެހެންނަމަވެސް އަޅުގަނޑު މި ދަންނަވާހެން މުޖުތަމައުގެ އިތުބާރު ދައުލަތާމެދު މިހާބޮޑަށް ގެއްލި މާޔޫސްވީމަ އެބަޖެހޭ ކޮންމެވެސް ފަރުވާއެއް ހޯދަން

އެޓާނީ ޖެނެރަލްކަން ކުރެއްވި ދިޔާނާ ސައީދު ވިދާޅުވިއެވެ.

ޤާނޫނުއަސާސީ މުރާޖައާކުރަން ނިންމެވި ނިންމުމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ދިޔާނާ ވަނީ ދައުލަތުގެ ވެލިއު މިއަދު ގެއްލިފައިވާކަމަށާއި ދައުލަތުގެ ފައުންޑޭޝަން މުރާޖައާކުރުން މިއަދު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންގެންދާ ޤާނޫނު އަސާސީ މީގެ އަހަރުތަކެއްކުރިން އެ ޤާނޫނު އަސާސީގެ ބައެއް ބައިތައް މުރާޖައާކޮށް ހުރި މައްސަލަތައް ފާހަގަކުރިނަމަވެސް އެ ފާހަގަކުރެވުނު ކަންކަން ތަންފީޒު ކުރެވެމުން ގޮސްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ދައުލަތް ހިންގުމަށް ފެހި ޤާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން މިހާތަނަށް ދެ ފަހަރެއްގެ މަތިން ވަނީ ޤާނޫނު އަސާސީ އެކުލަވާލާފައެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޤާނޫނު އަސާސީއެއް ހަދައި އެކުލަވާލާފައިވަނީ 1932 ވަނަ އަހަރުއެވެ. އެ ޤާނޫނު އަސާސީއަށް އަހަރެއް ވީތަނާހެން ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ރައްޔިތުންވަނީ، އެ ޤާނޫނު އަސާސީ އުވާލާފައެވެ.

އޭގެ ފަހުން 17 އަހަރުދުވަހުގެ މަސައްކަތުން ހެދި "ނޫ" ޤާނޫނު އަސާސީވެސް ވަނީ އަމަލުކުރަން ފެށިތާ 10 ވަރަކަށް އަހަރުފަހުން އުވާލާފައެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުންމިދާ ފެހި ޤާނޫނު އަސާސީ ވުޖޫދަށް އައިސްފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ.

ދިޔާނާގެ އިތުރުން، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ރައީސް ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކުގެ އިތުރުންވެސް ކުރިން ދައުލަތުގެ މުހިއްމު މަޤާމުތަކެއް ފުރުއްވި ބޭފުޅުން ހިއްސާވެގެން ވަނީ، "މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް" ނަމުގައި ދިރާސާކުރާނެ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

މި މަރުކަޒު އުފެއްދުމުގެ މަޤްސަދަކީ, ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް އަސަރުކުރާނޭ ނުވަތަ އަސަރުކޮށްފާނޭ، ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގެ ސިޔާސަތުތަކާއި މައްސަލަތަކާއި ބެހޭގޮތުން އަމިއްލައަށް އިސްނެގުމުގައި އިލްމީ އަދި ފަންނީ ދިރާސާއާއި، ތަހްލީލްކޮށް އެކަންކަމުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބޭނުންވާނޭ ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވުމެވެ. މީގެ އިތުރުން ތަފާސްހިސާބާއި ހެއްކަށް ބިނާވެ ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމެވެ.

ކޮމެންޓް
ބޭކާރު
ައަގަނުތަޅާ ކޮންތާުކުއޮވެފަ ނިކުތީ
05 Aug 2024
ސަލީމް
މީނާ ދީނަށްވަނީތަ؟
05 Aug 2024
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.