މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިންގާ އިމާރާތް...
ހަބަރު
05 Aug 2024 | 13:18
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އޮނިގަނޑަށް ބަދަލު ގެނެސްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޒަމާނީ ސެންޓްރަލް ބޭންކަކަށް އަދި ހެޔޮ ނަތީޖާ ނެރޭ ބޭންކަކަށް ހެދުމަށް އެތަނުގެ އޮނިގަނޑަށް ބަދަލު ގެނެސްފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ، އޮނިގަނޑަށް ގެނައި މި ބަދަލުތަކުގެ ސަބަބުން އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ އަދި ހެޔޮ ނަތީޖާތަކެއް ނެރުމަށް ފަސޭހަވާނެ އެވެ.

އެމްއެމްއޭގެ އޮނިގަނޑަށް މިގެނެވުނު ބަދަލުތަކުގެ ތެރޭގައި އެސިސްޓެންޓް ގަވަރުނަރުގެ މަގާމު ވަނީ، މެނޭޖިން ޑިރެކްޓަރ މަގާމަށް ބަދަލުކޮށްފައެވެ. އަދި މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.

މި ބަދަލާއެކު އެމްއެމްއޭގެ މަސައްކަތްކުރާ ތައުލީމީ އަދި ތަޖުރިބާކާރު ފަރާތްތަކަށް ފުރުސަތު ފުޅާކުރުމުގެ ގޮތުން އަލަށް ހުޅުވާލާ މެނޭޖިން ޑިރެކްޓަރ މަގާމަކީ، ފަސް އަހަރުގެ ދެ ދައުރަކަށް ހޮވޭ މަގާމަށް ވަނީ ބަދަލުކޮށްފައެވެ. މި މާގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން އާންމުކޮށްވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލު ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެއެވެ. އަދި ފަންނީ ގާބިލު މީހުންނަށް އެމްއެމްއޭ އަށް ވަނުމަށް ވެސް ފުރުސަތު ހުޅުވިގެންދާނެއެވެ. މި ބަދަލުތައް ގެންނަން ނިންމާފައި ވަނީ އެމްއެމްއޭގެ ބޯޑުގެ މަޝްވަރާގެ މަތިން ގަވަރުނަރެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމުގެ މަޤާމާ އަލަށް ހަވާލުވި، އަހުމަދު މުނަްވަރު ވަނީ އެތަނުގެ ހިންގުން ޒަމާނީ ކުރުމަށް ބަދަލުތަކެއް ގެންނަވާނޭކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ މާލީ ދާއިރާއަކީ މި ސަރަހައްދުގެ އެއްވަނައަށް ހެދުމަކީ އައު ގަވަރުނަރުގެ އަމާޒެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.