ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ ޠާރިޤް އަލް-ރަޙްމާން ...
ހަބަރު
05 Aug 2024 | 21:23
ހަސީނާގެ އިސްތިއުފާއިން ސާފުވީ ރައްޔިތުންގެ ބާރުވެރިކަން: ޠާރިޤް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ސެއިހް ހަސީނާ އިސްތިއުފާދެއްވުމަށްފަހު ޤައުމު ދޫކޮށް ފިއްލަވައި ވަޑައިގަތުމުން ސާފުވެގެންދިޔައީ ރައްޔިތުންގެ ބާރުވެރިކަން ކަމަށް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ ޠާރިޤް އަލް-ރަޙްމާން ވިދާޅުވެއްޖެއެވެ.

ބަންގާޅުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ ވަރުގަދަ މުޒާހަރާތަކަށްފަހު އެޤައުމުގެ ބޮޑުވަޒީރު ސެއިހް ހަސީނާ ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު، އަމިއްލަ ވަޒަންދޫކޮށް ސިއްރިޔާތުގައި އަވައްޓެރި އިންޑިއާއަށް ވަޑައިގެންފައެވެ. ބަންގާޅުގެ ވެރިކަން މަގުމައްޗަށް ދޫކޮށްލެއްވުމަށްފަހު ޤައުމު ދޫކޮށް ދިޔަ ދިއުމާ ގުޅޭގޮތުން އިދިކޮޅު ބީއެންޕީގެ އެކްޓިން ޗެއާޕާސަން ވިދާޅުވީ، ހަސީނާގެ އިސްތިއުފާއިން ފެނިގެންދިޔައީ ރައްޔިތުންގެ ބާރުވެރިކަން ކަމަށެވެ.

މުޒާހަރާއަށް ނިކުތް ރައްޔިތުންގެ ހިތްވަރުން ދައްކައިދިނީ، އަނިޔާވެރިންގެ މައްޗަށް ކުރި ހޯދޭނޭކަން ކަމަށާއި، މިއީ ތާރީހުގައި ލިޔެވިގެންދާނޭ ނަމޫނާ އެއްކަމަށެވެ.

މުޖުތަމައުގެ ހުރިހާ ފަންތިއަކަށް ނިސްބަތްވާ މީހުން މުޒާހަރާގައި ބައިވެރިވިއިރު، ޠާރިޤް ވަނީ އެ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައެވެ.

"މިއޮތީ ރައްޔިތުން އެކައްޗެއް ކިޔައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޤައުމު ކުރިއަށްގެންދިއުމަށް އެންމެނަށް ފުރުސަތު ލިބިފައި" ބީއެންޕީގެ ޗެއާމަން ޠާރިޤް އަލް-ރަޙްމާން ވިދާޅުވިއެވެ.

ޠާރިޤަކީ ބަންގާޅުގައި މިފަހުން މުޒާހަރާތައް ފެށިގެން މިއަދާހަމަޔަށް އާއިރު، އެކަމުގައި ކުރިއަށްދިއުމަށް އެންމެބޮޑަށް ގޮވާލެއްވި އެއް ސިޔާސީ ލީޑަރެވެ.

ޔުނިވަރސިޓީ އަދި ކޮލެޖްގައި ކިޔަވާކުދިންގެ ބޮޑު ހިއްސާއަކާއެކު ބަންގާޅުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.