ވަޒީރު މުޙައްމަދު ސައީދު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
06 Aug 2024 | 15:44
ޗައިނާގެ ބޭންކެއް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން: ވަޒީރު ސައީދު

ޗައިނާގެ ބޭންކެއް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް – ސިޗުއާން ޓްރޭޑު އެންޑު އިންވެސްޓުމަންޓު ކޯރޕަރޭޝަން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ މަހުގެތެރޭ އަމަލުކުރަން ފަށަން ތައްޔާރުވަމުންދާކަމަށެވެ.

މިއާއެކު ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތައް ދިވެހި ވިޔަފާރިވެރިންނަށް އެނގެން ޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ، މިކަމާއި ގުޅޭ މައުލޫމާތުތައް ވިޔަފާރިވެރިންނަށް ފޯރުކޮށް ދިނުމަށް ވޯކް ޝޮޕްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށާއި، ޗައިނާގެ މިނިވަން ވިޔަފާރީގެ ތެރެއިން ނެގޭނެ އެންމެ ބޮޑު ފައިދާ ރާއްޖެއަށް ނެގޭގޮތަށް ރައީސް ޑރ.މުޢިއްޒު އަމާޒުހިއްޕަވައި، އެކަން ޗައިނާގެ ލީޑާރޝިޕްއާއި ހިއްސާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ ފައިދާ ވިޔަފާރިވެރިންނަށް އެންމެ ބޮޑަށް ލިބޭނެ މަގުތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ، ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުމަށް ރައީސް ޑރ.މުޢިއްޒު ބޭނުންފުޅުވާކަމަށާއި، އެކަމާއި ގުޅޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

"ޕީޕަލްސް ބޭންކު އޮފް ޗައިނާއާއި އެމްއެމްއޭއާއެކު އެއްބަސްވުން ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. މިކަން މިގޮތަށް ވީމައި، ރާއްޖެއަށް ޗައިނާއިން މުދާ އެތެރެކުރާ ފަރާތްތަކުން، ދިވެހި ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ފަހިވެގެންދާނެ."

ވަޒީރު ސައީދު ވިދާޅުވިއެވެ.

ޗައިނާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން މުއާމަލާތު ކުރެވޭނެގޮތް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ޑޮލަރަށް ބަރޯސާވުން ކުޑަކުރެވިގެންދާނެ ކަމަށާއި، ހަމައެކަނި ސިޗުއާން ޕްރޮވިންސްއިންވެސް 19 މިލިޔަން ރުފިޔާގެ ވިޔަފާރީގެ ފުރުޞަތުތައް އެބަހުރި ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.