ޗައިނާއިން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކުރުން: ފޮޓޯ/ ދަނޑުވެރިކަމާ ބެހޭ ވުޒާރާ
ހަބަރު
07 Aug 2024 | 10:28
ޗައިނާ އިން ރާއްޖޭގެ ދަނޑުވެރިންނަށް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފި

ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ޗައިނާއިން ހަދިޔާ ކޮށްފިއެވެ.

މިކަމާއި ގުޅިގެން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޗައިނާގެ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި އެމްބަސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ގުޅިގެން މިއަދު ކުރިއަށްދިޔަ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައި، ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފައިވާ ކަމަށެވެ. 

އެތަކެތީގެ އަގު 100,000 ޗައިނީސް ޔުއާންއަށް އަރާއިރު، މިތަކެއްޗާއި ރަމްޒީގޮތުން ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އެގްރިކަލް އެންޑް އެނިމަލްވެލްފެއަރ ޑރ. އައިޝަތު ރަމީލާ އެވެ.

މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން، ދިވެހި ސަރުކާރާއި ޗައިނާގެ 'ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް' އާއި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސާ' އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ.) އެއް ގައިވެސް ސޮއިކުރެވިފައިވާ ކަމަށް އެ ވޔޒާރައިން މައުލޫމާތު ދެއެވެ.

މި އެމް.އޯ.ޔޫ ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީއޮފް އެގްރިކަލް އެންޑް އެނިމަލް ވެލްފެއަރ ގެ ޑިރެކްޓަރ އަލްފާޟިލް އަލީ އާމިރު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ 'ސިޝުއަން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް' ގެ ފަރާތުން ޗީފް އެގްރޮނޮމިސްޓް ޝު ބިން އަދި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް' ގެ ފަރާތުން ޕްރެޒިޑެންޓް މު ޖިންގުއި އެވެ. 

މި އެމްއޯޔޫގެ މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގެ ވެށީގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ފަތްޕިލާވެއްޔާއި ތަރުކާރީ އަދި މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކޮށްދިނުމާއި، އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ ނަމޫނާ ދައްކައިދިނުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީ ކުރުމާއިގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީ ތަކާއި ގުޅޭގޮތުން ލަފަޔާއި އިރުޝާދު ދިނުމާއި ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ސްޕެޝަލިސްޓުންނާއި ސައިންޓިސްޓުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދާ، ތަމްރީނު ޕްރޮގްރާމްތަކާއި، ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ފަހިކޮށްދިނުން ހިމެނޭ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިނއ ބުނެއެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ކަމާއި ގުޅުންހުރި އެކި ދާއިރާތަކުން ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައިއެއްބާރުލުން ދިނުމަށް މި އެމް. އޯ. ޔޫގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.