ޏ. ފުވައްމުލަކުގައި އިމާރާތްކުރަމުންދާ އިންޖީނުގެ -- ފޮޓޯ: ފެނަކަ
ހަބަރު
08 Aug 2024 | 21:04
މިދިޔަ ސަރުކާރުގައި ފެނަކައިން ހަދަންފަށާ ނުނިމި ހުރި 4 އިމާރާތެއް ނިންމަން ބަޔަކު ހޯދަނީ

ފެނަކަ ކޯޕަރޭޝަނުން މިދިޔަ ސަރުކާރުގައި ހަދަން ފަށާ ނުނިމި ހުރި 4 އިމާރާތެއް ނިންމައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މި އިއުލާނުގައި ހިމެނެނީ ށ. މާއުނގޫދޫގައި އިމާރާތް ކުރަން ފަށާފައިވާ ފެނަކަ އޮފީސް އިމާރާތާއި، ހއ. ދިއްދޫގައި އިމާރާތްކުރަން ފަށާފައިވާ އިންޖީނުގެއާއި، ޏ. ފުވައްމުލަކުގައި އިމާރާތްކުރަން ފަށާފައިވާ އިންޖީނުގެއާއި، އަދި ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަމުން ގެންދާ އިންޖީނުގެ ނިންމުމުގެ މަސައްކަތެވެ.

ފެނަކައިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަތަރު މަޝްރޫއުއަކީ ވެސް އެ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖްމަންޓުން ފެނަކައިގެ މުވައްޒަފުން ބޭނުންކޮށްގެން އެ ކުންފުނިން އަމިއްލައަށް ހިންގަމުން ގެންދިޔަ މަޝްރޫއުތަކެކެވެ. ނަމަވެސް މިގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމުން ކުންފުންޏަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

ފެނަކައިން އިތުރަށް ބުނެފައިވަނީ، ފެނަކައިގެ މުވައްޒަފުން ބޭނުންކޮށްގެން އަދި ތަކެތި ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމުން މަޝްރޫއުގެ އަގު ބޮޑުވާ ކަމަށެވެ. އެހެންނަމަވެސް، ބަޔަކާ ހަވާލުކޮށްގެން މި މަސައްކަތްތައް ކުރުމުން ހޭދަވާ ހަރަދު ބޮޑުތަނުން ކުޑަވެ ކުންފުންޏަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށް، އެ ކުންފުނިން މިއަދު ޔަގީންކަން ދީފައިވަނީ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ އެދެވޭ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.