މިއަދު ފެށި އުރީދޫ މަސްރޭހުގެ ތެރެއިން... ފޮޓޯ/ އުރީދޫ
ހަބަރު
09 Aug 2024 | 14:34
އެއްލައްކަ ރުފިޔާއިނާމާއެކު، އުރީދޫ މަސްރޭސް ފަށައިފި

ރާއްޖޭގެ އެންމެ ފޯރިގަދަ މަސްރޭހުގެ ގޮތުގައި ފާހަގަކުރެވިފައިވާ "އުރީދޫ މަސްރޭސް" މިއަހަރުގެ އިވެންޓް މިއަދު ފަށައިފިއެވެ.

ރާއްޖޭގައި ތިން ސަރަހައްދެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އުރީދޫ މަސްރޭސް ފަށާފައިވަނީ މާލެ އަތޮޅު ހިންމަފުށިންނެވެ. މިއަހަރުގެ މަސްރޭސް ކުރިއަށްދާނީ ކ.ހިންމަފުށީގެ އިތުރުން ޅ. ނައިފަރާއި ތިނަދޫ ސިޓީގައެވެ. އެކި ސަރަހައްދުތަކުގައި އުރީދޫ މަސްރޭސް ކުރިއަށްގެންދިއުމުގެ މަގްސަދަކީ ވީހާވެސް ގިނަ ބަޔަކަށް މި އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ދިނުންކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މިފަހަރުގެ މަސްރޭސް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްދާއިރު، މިފަހަރުގެ މަސްރޭހުގައި 21 ޓީމަކުން ވާދަކުރެއެވެ.

އުރީދޫ މަސްރޭހުގެ ތެރެއިން...

މަސްރޭހުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

ޓީމުތަކަށް ޕޮއިންޓްސް ދިނުމުގައި ބަލާނީ، ބޭނިމަސް ނިސްބަތްވާ ކެޓަގަރީއާއި ބަރުދަނަށެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން ބޭނިމަހުގެ ބަރުދަން ގުނަ ކެޓަގަރީ ޕޮއިންޓް އަކީ ކެޓަގަރީއަށް ލިބުނު ޖުމްލަ ޕޮއިންޓެވެ. ޓީމުގެ އަސްލު ޕޮއިންޓްގެ ގޮތުގައި ބެލެވޭނީ ހުރިހާ ކެޓަގަރީއެއްގެ ޖުމްލަ އެއްކުރުމުން އަންނަ ޢަދަދެވެ.

އުރީދޫ މަސްރޭހުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ޓޭބަލް...

އުރީދޫ މަސްރޭހުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ ސިޓީއެއް ވަކިންނެވެ. އެގޮތުން ކޮންމެ ރެއަކު ހޮވާ ވަނަތަކަށް ފައިސާގެ އިނާމް ވަނީ ކަނޑައެޅިފައެވެ. އެގޮތުން އެއްވަނަ ހޯދާ ޓީމަކަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ހޯދާ ޓީމަކަށް ދިނުމަށް ހަމަޖެހިފައިވަނީ، 10،000 ރުފިޔާއެވެ. އަދި ތިންވަނަ ހޯދާ ޓީމަކަށް ދިނުމަށް ހަމަޖެހިފައިވަނީ، 5،000 ރުފިޔާ އެވެ.

ޓީމް ވަނަތަކުގެ އިތުރުން އެންމެމޮޅު ފިރިހެން އަދި އަންހެން މަސްވެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ މޮޅު އަންހެން މަސްވެރިއަކަށް 1،000 ރުފިޔާ އަދި އެންމެ މޮޅު ފިރިހެން މަސްވެރިޔާއަށްވެސް ވަނީ 1،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.