އަތް ދަބަސް ވަގަށް ނަގައިގެން ހައްޔަރު ކުރި ދެމީހުން: ފޮޓޯ/ ޕޮލިސް
ހަބަރު
09 Aug 2024 | 18:44
ދެ މީހަކު ވެގެން ރަސްފަންނުން ވަގަށް ނެގި ދަބަހެއް، އެއް ގަޑިއިރުތެރޭ ހޯދައިފި

ރަސްފަންނުގައި މޫދަށް އެރި އުޅުނު ބައެއްގެ އަތް ދަބަހެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށް، ދަބަސް ވެރިފަރާތާ ހަވާލު ކޮށްފިއެވެ.  

ފުލުހުން ބުނީ، ރަސްފަންނަށް މޫދަށް އެރި އުޅުނު ބަޔަކު އަތްދަބަސް ގަސްތަކެއްގެ ކައިރީގައި ބާއްވާފައި އޮއްވާ އެ ދަބަސް ވަގަށް ނެގި މައްސަލަ މާފަންނުގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ސަމާލުކަމަށް މިއަދު ހެނދުނު 10:50ހާއިރު އައިސްފައިވާ ކަމަށެވެ. އަދި، ދަބަސް ވަގަށް ނެގި މީހުން ހޯދުމަށް ސީސީޓީވީ ފުޓެޖު ބަލައިގެން އެމީހުން ދެނެގަތް ކަމަށެވެ.

މިއާއެކު ފުލުހުން ބުނީ، އެ މީހުން ހޯދުމަށް ކުރި މަސައްކަތް މަޖީދީ މަގު، ދިލްބަހާރު މަގު ގުޅޭ ހިސާބުން 11:50 އެހާކަންހާއިރު އެމީހުން ހައްޔަރުކޮށް ރަސްފަންނުން އެމީހުން ވަގަށް ނެގި އަތް ދަބަސް ހޯދާފައިވާ ކަމަށެވެ.

އަދި އެ އަތްދަބަހުގައި އޮތް ދެ ފޯނާއި އެހެނިހެން ތަކެތިވެސް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ތ. ތިމަރަފުށީ، ލަކީ ހައުސް، ސޮފްވާން އަލީ އާއި ގއ. ވިލިނގިލި، ޒިއުރިކް ވިލާ، ހަސަން ތައުފީގެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.