ހިންމަފުށީގެ ޗެމްޕިއަންކަން ސިފްކޯ ޓީމަށް -- ފޮޓޯ: އުރީދޫ
ވިޔަފާރި
10 Aug 2024 | 11:08
ހިންމަފުށީގައި ބޭއްވި އޫރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ސިފްކޯއަށް

ކ. ހިންމަފުށީގައި އިއްޔެ ބޭއްވުނު "އުރީދޫ މަސް ރޭސް 2024" ގެ ޗެމްޕިއަންކަން ސިފްކޯ ޓީމުން ހޯދައިފިއެވެ. މިއީ އުރީދޫއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސް ރޭސް ޖުމްލަ ތިން ރަށެއްގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެއީ، ހިންމަފުށީގެ އިތުރުން ޅ. ނައިފަރު އަދި ގދ. ތިނަދޫގައެވެ. މި ތިން ރަށުގައި ބާއްވާ މަސް ރޭހުން ވެސް އެއްވަނަ ޓީމަކަށް 25،000 ރުފިޔާގެ އިނާމެއް ދިނުމަށް އުރީދޫން ވަނީ ނިންމާފައެވެ.

ހިންމަފުށީގައި ބޭއްވުނު މަސް ރޭހުގައި 21 އަށްވުރެ ގިނަ ޓީމުން ބައިވެރިވިއެވެ. ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓީމުތަކަށާއި މަސްވެރިންނަށް ޚާއްސަ ގިނަ އެވޯޑުތަކެއް ދީފައިވާ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކީ 999.35 ޕޮއިންޓާ އެކު ސިފްކޯ ޓީމެވެ. ދެވަނައަށް 807.85 ޕޮއިންޓާ އެކު ގޯޅިއަންސް ސްޕޯޓްސް ކްލަބް އަދި ތިންވަނައަށް 608.1 ޕޮއިންޓާ އެކު ޑިޓިއުން ފިޝިން ހޮވުނެވެ. އެންމެ ބަރު މަހުގެ އިނާމު މާސްޓާ ކްލާސްގެ ހަސަން ނައީމަށް 37.7 ކިލޯގެ ފާނައަކާ އެކު ލިބުނެވެ.

އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވުނީ 25 މަހާ އެކު ގޯޅިއަންސް ސްޕޯޓްސް ކްލަބުގެ ހަސަން އައްޒާމެވެ. އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ 17 މަހާ އެކު ޑިޓިއުން ފިޝިންގެ ފާތިމަތު ފެޒްލީނެވެ.

ޗެމްޕިއަން ޓީމަށް ލިބުނު 25،000 ރުފިޔާގެ އިތުރުން ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5,000 ރުފިޔާ ލިބުނެވެ.

އުރީދޫގެ މި އަހަރުގެ މަސް ރޭސް ހިންމަފުށީގައި މިއަދު ފަށާފައިވާއިރު ތިނަދޫ ސިޓީގައި މަސް ރޭސް އޮންނާނީ އަންނަ ހުކުރު ދުވަހެވެ. އަދި، ނައިފަރުގައި ފަށާނީ މި މަހުގެ 23 ވަނަ ދުވަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.