ބ.ތުޅާދޫ ބަނދަރު ސަރަހައްދު. މިދުވަސްވަރަކީ ވައިގަދަވެފައި ވިއްސާރަ ދުވަސްވަރެއް... ފޮޓޯ/ ވޮއިސް
ހަބަރު
12 Aug 2024 | 07:55
މޫސުން ވަރަށް ގޯސް. ޔަގީންކޮށްފަ ނޫނީ ކަނޑުމައްޗަށް ނާރާތި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ  މިއަދު ހެނދުނު 09:00 އާ ހަމަޔަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްވެސް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ އެލާޓްގައިވާގޮތުން ލަފާކޮށްފައިވާ ވަގުތާ ހަމަޔަށް ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ގދ އަތޮޅާ ހަމަޔަށް ކަނޑުތައް ގަދަވެފައި ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެއެވެ.

ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ 10 ވަނަ ނަކަތް ކަމަށްވާ "މާ" ނަކަތެވެ. މާ ނަކަތުގައި އާއްމުގޮތެއްގައި ކަނޑުތައް މަޑުވެފައި ވައި މަޑުވި ނަމަވެސް، މި ނަކަތާ ބެހޭގޮތުން އިހުގެ ދިވެހިން ބުނެއުޅޭގޮތް ތަފާތެވެ. އިހުގެ ދިވެހިން "މާ" ނަކަތާ ގުޅޭގޮތުން ބުނެފައިވަނީ، އަހުލިހައިގައި ވިއްސާރަ ވެއްޖެ ނަމަ މާ ނަކަތުގައި ވެސް ވިއްސާރަވާނެ ކަމަށެވެ.

ދިވެހިބަހުގައި މާ ބޭނުންކުރަނީ "ބޮޑު" މި މާނައިގައެވެ. މާނައަކީ ވިއްސާރަވެއްޖެ ނަމަ ވަރަށް ވިއްސާރަ ވާނެއެވެ. ކަނޑު ގަދަވެއްޖެނަމަ ވަރަށް ގަދަވާނެއެވެ. މިއީ މާ ނަކަތާ ބެހޭގޮތުން އިހުގެ ދިވެހިންވެސް ދެކޭ ގޮތެވެ.

"މާ"ނަކަތް އޮގަސްޓްމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާއިރު، މި ނަކަތުގައި ވިއްސާރަ ނޫންނަމަ، މަސްވެރިކަންވެސް ރަނގަޅުވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.