ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ އަލީ ހައިދަރު އަޙްމަދު: ފޮޓޯ/ މަޖިލިސް
ހަބަރު
12 Aug 2024 | 12:03
ފަޅުން ދީފައި ހުންނަ ތަންތަނަށް ގޯއްޗެކޭ ނުކިޔޭނެ، ފަޅު ހިއްކައި ގޯތިދޭނީ މިސަރުކާރުން: ހައިދަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގޯތިތައް ދޫކޮށްފައިހުރީ ފަޅުން ކަމަށާ، އެތަންތަން ހިއްކައި ގޯތި ހަވާލުކުރާނީ މި ސަރުކާރުން ކަމަށް، ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ހާޒިރުކޮށް، ކުރީ ސަރުކާރު ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ވެރި ފަރާތްތަކަށް ހަވާލުކުރެވޭނީ ކިހާ ހިސާބަކުތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ސުވާލުކުރައްވާފައެވެ. އަދި ހުޅުމާލެ ފޭސް 2 އަކުން ދޫކޮށްފައިވާ ގޯތިތަކާއިމެދުވެސް މެމްބަރު ސުވާލުކުރެއްވިއެވެ. 

މި ސުވާލަށް ޖަވާބުދެއްވާ ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ދޫކޮށްފައިވަނީ ގޯތިތަކެއް ނޫންކަމަށެވެ. އެގޮތުން ކަނޑުންނާއި ފަޅުން ދޫކޮށްފައި ހުރި ބިންތަކެއް ގޯއްޗަށް ނުވާނެ ކަމަށާ، އެއީ ރައްޔިތުންނަށް ގޯތި ދޫކުރާ ގޮތް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ބިންތައް ރައްޔިތުންނަށް ހަވާލުކުރާނީ ހިއްކާ ނިންމާފައި ކަމަށް ވެސް ވިދާޅުވިއެވެ.

ގޯތިތަކެއް ނޫން ދެއްތޯ ދޫކޮށްފައި ހުރީ. ގޯތިތަކަށް ހަދަން މި ޖެހެނީ މި ސަރުކާރުން. ކަނޑުން، ފަޅުން، ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ. އެހެންވީމާ މި ސަރުކާރުން އައިސް ބިން ހިއްކައިގެން ގޯތިތަކަށް މި ބަދަލު ކުރަނީ. 

ވަޒީރު ޑރ ހައިދަރު

މިއާއެކު ވަޒީރު ވިދާޅުވީ ގޯތި ދޫކުރަން ހަމަޖެހިފައި އޮތީ، ހުޅުމާލޭ ފޭސް 2 އަކުންނާއި ފޭސް 3 އިން ކަމަށެވެ.

ވަޒީރު ވިދާޅުވީ ހުޅުމާލޭ ފޭސް 2 އިން ގޯތި ދީފައި ހުރި އިރު، ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓުތަކުންނާއި، ބައެއް މަގުތަކުންނާއި، ގޯޅިތަކުންވެސް ގޯތިތައް ދޫކޮށްފައިވާކަމަށާ ބައެއް ގޯތިތަކުގެ ތެރެއަށް ކަރަންޓު ފޮށިތައްވެސް ވަންނަކަމަށެވެ.

އެހެންކަމުން، އެކަން ކަމަށް ބަލައި ބަދަލުތައް ގެނެސް މިހާރުވެސް ހުޅުމާލެ ފޭސް 2 އަކުން 1،407 ގޯތީގެ ތެރެއިން  623 ގޯތި ދޫކޮށްފައިވާނެކަމަށާ، އޮކްޓޯބަރ މަހުގެ ނިޔަލަށް ފޭސް 2 ގެ ހުރިހާ ގޯތިތަކެއް ދީ ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއާއެކު ވަޒީރު ވިދާޅުވީ، މިދިޔަ ސަރުކާރު 699 ގޯތި ދޫކޮށްފައިވަނީ ފަޅުންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މީހެއްގެ ނަން މައްޗަށް ފަޅު ބައެއް ރަޖިސްޓްރީ ކުރެވޭނެ އުސޫލެއް އަދި ނޯންނަކަމަށެވެ.

އެކަން ކޮށއފައިވަނީ ޒިންމާދާރު ކަމެއް ނެތިކަން ފާހަގަކުރައްވައި ހައިދަރު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުޢިއްޒު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ޒިންމާދާރުކަމާއިއެކީގައި، ގޯތި ބައްސަވަން ކަމަށާ، ހުޅުމާލެ ފޭސް 3 ގެ ފަޅުން ގޯތި ލިބުނު 699 ފަރާތަށް މި ސަރުކާރުން ގޯތި ދޫކުރާނީ ބިން ހިއްކުމަށްފަހު ބިމުންކަމަށެވެ. 

"ރައީސް ބޭނުންފުޅުވަނީ ޒިންމާދާރުކަމާއެކު ގޯތި ބައްސަވަން. އެހެންވީމަ ހުޅުމާލެ ފޭސް 3އިން ގޯތި ލިބުނު 699 ފަރާތަށްވެސް މި ސަރުކާރުން ގޯތި ހަވާލުކުރާނީ ބިން ހިއްކުމަށްފަހު ބިމުން. ފޭސް 3 ހިއްކައި ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާ ކުރެވެނީ މިއަހަރުގެ ނޮވެމްބަރު ހާތަނުގައި،"

ވަޒީރު ޑރ.ހައިދަރު

ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން ގިރާވަރުފަޅުން 5186 މީހުންނަށް ގޯތި ދީފައިވާއިރު އެ ގޯތިތައްވެސް ބިން ހިއްކުމަށްފަހު މިސަރުކާރުން ހަވާލުކުރާނެ ކަމަށެވެ. އެގޮތުން، ގޯތި ދޭއިރު ލިބުނު އެއްވެސް ފަރާތެއް އުނިނުވާނެހެން ހަވާލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.