ވެލިބަސްތާ ޖެހުމުގައި ސްޓެލްކޯގެ މުއައްޒަފުން ހަރަކާތްތެރިވަނީ... ފޮޓޯ/ސްޓެލްކޯ
13 Aug 2024 | 16:12
ވިއްސާރާގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުއައްޒަފުން ނިކުމެއްޖެ

ރާއްޖެއަށް މިހާރުކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންނަށް އެހީތެރިވުމަށް ޤައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މުއައްޒަފުން ނުކުމެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، މާލެއަށް ވެހެމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންގަނޑު ވަންނަމުންދާތީވެ، އެކަމަށް އެހީތެރިވުމުގެ ގޮތުން ސްޓެލްކޯގެ މުއައްޒަފުން ވެލިބަސްތާތައް ޖެހުމުގައި އެހީތެރިވަމުންދާކަމަށެވެ. ސްޓެލްކޯއިން ބުނީ، އެކުންފުނިން ޚިދުމަތްދޭ އެހެނިހެން ރަށްރަށުގެ މުވައްޒަފުން މިވަގުތުވަނީ ރަށު ފެންވަރުގައި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ތައްޔާރީހާލަތަކަށް ގެނެވިފައިކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީވެސް ވަނީ ސްޓެލްކޯގެ މުއައްޒަފުން ކުރަމުްނގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މަސައްކަތްކުރަމުންދިޔަ ސަރަހައްދުތަކަށް އަމަލީގޮތުން ވަޑައިގެން ކަންކަން ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކުގައި ފެންބޮޑުވެ، ބައެއް ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާަކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މިގޮތުން ހއ.ކެލާ، އިހަވަންދޫ ފަދަ ރަށްރަށުގައި ފެންބޮޑުވެ މިހާތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.