މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެން ވަދެދާނެތީ ސިފައިން ވެލިބަސްތާ ޖެހުމުގައި...
ހަބަރު
13 Aug 2024 | 16:42
ކުރިއަށް އޮތް ދެދުވަހު ބޯކޮށް ވާރޭ ވެހިދާނެކަމަށް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ޑިފެންސް މިނިސްޓަރު

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށްއޮތް ދެދުވަހުވެސް ބޯކޮށް ވާރޭ ވެހޭނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީވެ، ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވެދާނޭ ހާލަތަކަށް ސިފައިން ތައްޔާރަށް ތިބިކަމަށް ދިފާއީ ވަޒީރު ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ދިފާއީ ވަޒީރު ވިދާޅުވީ، މާލެއަށް ވެހެމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވަމުންދާތީވެ، ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ކެނޑިނޭޅި ކުރަމުންދާކަމަށެވެ. މިވަގުތު ހާލަތު އޮތްގޮތުން އަލިފާން ނިއްވުމަށް ބޭނުންކުރާ ޕަންޕުތައްވެސް ބޭޏުންކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަގުތަކުން ފެންހިއްކުމުގައި ފަޔަރ އެންޑް ރެސްކިއު ޓީމާއި މާލޭ އޭރިއާގެ ކޮމާންޑުން ވަނީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާފައި އޮތް އިރުޝާދާ އެއްގޮތަށް ފުރިހަމަޔަށް ތައްޔާރުވެފައި ކަމަށެވެ.

"މިއަށްވުރެ ބޮޑަށް ވާރޭ ވެހިދާނެކަމަށް ތައްޔާރުވެ، އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތްތައް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ޓަކައި ބޭނުންކޮށްގެން މަގުތަކުގެ ފެން ހިއްކުމުގެ މަސައްކަތްކުރަން ވަރަށް ފުރިހަމަޔަށް ވަނީ ތައްޔާރުވެފައި" ދިފާއީ ވަޒީރު ޢައްސާން މައުމޫން ވިދާޅުވިއެވެ.

މާލެއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައިވާތީވެ އެމްއެންޑިއެފުން މިހާރުވެސް ދަނީ 10 ސަރަހައްދެއްގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން ވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައި އެ މުއައްސަސާގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތްތަކުން 115 އަށް ގުޅައިގެން ކުރިއަށްގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ހހހ
ބޮޑުވާނެވަރަކަށްބޮޮޑުވީމަތަފެންހިއްކަންނިކުންނަނީ.
13 Aug 2024
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.