ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، ކައްޕި ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވަނީ...
ހަބަރު
13 Aug 2024 | 22:45
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ކައްޕިވެސް އަމަލީގޮތުން ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވެއްޖެ

މިއަދު މާލެއަށްކުރި ގަދަ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ގޭގެއަށާއި ފިހާރަތަކަށް ފެންވަންނާތީވެ، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދިޔައިރު، އެ މަސައްކަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހީމް (ކައްޕި) އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އެންމެބޮޑަށް ވިއްސާރަކުރި އެއް ރަށަކީ މާލެއެވެ. ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން މެންދުރާ ހިސާބަށް ދިޔައިރު، މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށާއި ފިހާރަތަކަށް ފެންގަނޑު ދިޔައީ ވަންނަމުންނެވެ. ގޭގެއަށާއި ފިހާރަތަކަށް ފެންގަނޑު ވަންނަމުންދާތީވެ ކަމާއި ބެހޭ ފަރާތްތަކާއި އާއްމުންވެގެން ދިޔައީ ފިހާރަތަކަށާއި ގޭގެއަށް ފެންގަނޑުވަނަ ނުދިނުމަށް ވެލިބަސްތާތައް ޖަހަމުންނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހީމް (ކައްޕި) ވެސް ވަނީ ދާއިރާއަށް ވަޑައިގެން ވެލިބަސްތާތައް ޖެހުމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ. މީގެ އިތުރުން މެމްބަރު ކައްޕި ވަނީ ވިއްސާރަވުމާ ގުޅިގެން ފެނުގެ އަސަރުކުރި ތަންތަނަށް ވަޑައިގެން އެ ތަންތަނުގެ ހާލަތާއި މީހުންގެ ހާލަތު ބައްލަވާލައްވާފައެވެ. 

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހީމް (ކައްޕި) ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވަނީ...

މިއަދު މާލެއަށް ކުރި ވިއްސާރާގައި މަގުތަކުގައި ވަރަށްބޮޑަށް ފެންބޮޑުވިއިރު، މިރެއާ ހަމަޔަށް ތިން މިލިއަނަށްވުރެ ގިނަ ލީޓަރުގެ ފެން މަގުތަކުން ހިންދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މާލެއަށް ކުރި ވިއްސާރާގައި ބައެއް ގެތަކަށާއި ފިހާރަތަކަށް އެކިވަރުގެ ގެއްލުންތައް ލިބުނުއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.