ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު...
14 Aug 2024 | 09:21
ހޯމްލޭންޑް މިނިސްޓްރީން 182 މިލިއަން ރުފިޔާ ހޯދައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީގެ ނުލިބިވާ ފައިސާގެ ތެރެއިން މިހާތަނަށް 182 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިމް ހާމަކޮށްފިއެވެ.

ދާހިލީ ވުޒާރާއިން ބުނީ، އެކްސްޕެޓް ޚިދުމަތް ހޯދާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، ފައިސާ ނުދައްކައިގެން ނަން ހާމަކުރި ފަރާތްތަކުން މިހާތަނަށް 182.9 މިލިއަން ރުފިޔާ ހޯދާފައިވާކަމަށެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވާފައިވާ އެންގުމާ އެއްގޮތަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ދާހިލީ ވުޒާރާއިން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. 

ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ވޯކްޕާމިޓް ފީއާއި ކޯޓާ ފީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 100،000 ރުފިޔާއަށް ވުރެ މަތިން ދައުލަތަށް ދައްކަންޖެހޭ ފަރާތްތަކުގެ ނަންތައް ސަރުކާރުން އާއްމުކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހުއެވެ. އެ ލިސްޓްގައި ގިނަ އަދަދެއްގެ ކުންފުނިތައް ހިމެނޭއިރު، ގިނަ ކުންފުނިތަކުން ދައްކަންޖެހޭ އަދަދު އުޅެނީ މިލިއަނަކަށްވުރެ މަތީގައެވެ. މި ކުންފުނިތަކަށް ފައިސާ ދެއްކުމުގެ މުހުލަތު ދީފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހޯމްލޭންޑް މިނިސްޓްރީން އާއްމުކުރި މި ލިސްޓްގައި 1026 ކުންފުނި ހިމެނޭއިރު، މި ކުންފުނިތަކުން 636 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ. މިނިސްޓްރީން އާއްމުކުރި ހިސާބުތަކަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންގެ ފީން ދައުލަތަށް އަދިވެސް ބޮޑު އަދަދެއް ލިބެން ޖެހެއެވެ. މިގޮތުން މިހާތަނަށް ނުލިބިވާ އަދަދު އުޅެނީ 450 މިލިއަން ރުފިޔާ އަށްވުރެ މަތީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.