ކެލާގެ ގެއެއްގައި ފެންބޮޑުވެފައި...
ހަބަރު
14 Aug 2024 | 10:03
ވިއްސާރައިގަ ގެއްލުން ލިބިގެން 20 ރަށަކުން ރިޕޯޓްކުރި: އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ގެއްލުންތައް ލިބިގެން މިހާތަނަށް 20 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

އިއްޔެ މުޅި ރާއްޖެއަށް ކުރި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ކަންކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މި ކުރި ވިއްސާރައާ ގުޅޭގޮތުން ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެފައިވަނީ އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުންތައް ލިބުމާ ގުޅިގެން ވިހި ރަށަކުން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު، ވިއްސާރައިގައި ބޮޑަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވަނީ އުތުރުގެ ރަށްތަކުންނެވެ.

ގެއްލުންތައް ލިބިގެން ރިޕޯޓްކުރި ރަށްތައް:

ހއ އަތޮޅުން:

އިހަވަންދޫ، ހޯރަފުށި، ބާރަށް، އުލިގަމް، މާރަންދޫ، ތަކަންދޫ، މުރައިދޫ، ކެލާ، އުތީމް، މޮޅަދޫ، ވަށަފަރު، ފިއްލަދޫ، 

ހދ އަތޮޅުން:

ނޮޅިވަރަންފަރު، ހަނިމާދޫ، ނެއްލައިދޫ

މާލެ އަތޮޅުން:

ހުރާ، މާލެ ސިޓީ

އައްޑޫސިޓީ:

ހިތަދޫ، މީދޫ އަދި ފޭދޫ

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އިއްޔެ ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 12 އާއިލާއެއް ދިރިއުޅެމުން އައިތަން ނޫން އެހެން ތަންތަނަށް ބަދަލުކުރެވުނު ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

ހއ ބާރަށް: 2 އާއިލާ

ހއ ހޯރަފުށި: 6 އާއިލާ

ހއ ކެލާ: 2 އާއިލާއެއް

ހއ އިހަވަންދޫ: 2 އާއިލާ

ސިފައިން މާލެ ސިޓީގައި ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރި ވަނީ... ފޮޓޯ/ އެމްއެންޑީއެފް

އިއްޔެކުރި ވިއްސާރާގައި މާލެސިޓީގައި ފެންބޮޑުވެ، ބައެއް ގެތަކަށާއި ފިހާރަތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެމްއެންޑީއެފުން ބުނީ، އެންމެ ފަހުން މާލެއަށްކުރި ވިއްސާރައާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އެކިއެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި 208 އަށްވުރެ ގިނަ ގެތަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.

އިއްޔެކުރި ވިއްސާރާގައި އެންމެގިނައިން ވާރޭ ވެހުނީ މާލެސިޓީއަށެވެ. ރެއާ ހަމަޔަށް މާލެ ސިޓީގެ މަގުތަކުން 13 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ފެން ހިންދާފައިވާއިރު، 10 ސަރަހައްދަކުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.