ފޮޓޯ: ނިޕޯން
ދުނިޔެ
14 Aug 2024 | 14:43
ނުދައްކާ ހުރި ޓެކްސް ފައިސާ ހޯދަން ޗައިނާއިން ކުންފުނިތައް ފަހަތުން ދަނީ

ޗައިނާގެ ކުންފުނިތަކުން މީގެ އެތަކެއް އަހަރު ކުރިއްސުރެ ނުދައްކާހުރި ޓެކްސް ފައިސާ ހޯދުމަށް އެގައުމު ސަރުކާރުން ކުންފުނިތަކަށް ބިލްކުރަން ފަށައިފިއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ދާދިފަހުން ގެންނަން ނިންމާފައިވާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް އެގައުމުން މިހާރު ވަނީ ފަށާފައެވެ.

އެގޮތުން އެގައުމުގެ ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް، އާމްދަނީ އާއި ދަރަނި މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.

ޗައިނާގެ އެތެރޭގެ ދަރަންޏަކީ އެގައުމުގެ އިގްތިސާދަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. އެގޮތުން ޗައިނާގެ ލާމަރުކަޒީ ސަރަހައްދީ ސަރުކާރުތަކުގެ ދަރަނި އެކަނިވެސް 11 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، ޓެކްސް އާމްދަނީއިން ސަރަހައްދީ ސަރުކާރުތަކަށް ލިބެނީ ކުޑަ މިންވަރެކެވެ.

ބޮޑުބައެއް ދަނީ މައި ސަރުކާރަށެވެ. އަނެއްކޮޅުން މުވައްޒަފުންގެ މުސާރައާއި، އިޖްތިމާއީ ހިދުމަތްތަކާއި، މަގުތަކާއި ސްކޫލްތައް އިމާރާތްކޮށް ބެލެހެއްޓުންފަދަ ހަރަދުތައް ކުރަން ޖެހެނީ ސަރަހައްދީ ސަރުކާރުތަކަށެވެ.

ރައީސް ޝީ ޖިންގްޕިން ކުރިން އެޅުއްވި ބައެއް އިގްތިސާދީ ފިޔަވަޅުތަކާއެކު އަމިއްލަ ފަރުދުން އަތުން ނަގާ ޓެކްސްއާއި، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ކުޑަކުރުމުގެ ސަބަބުން އާމްދަނީއަށް އޭގެ އަސަރުކޮށްފައިވަނިކޮށް، ކޮވިޑްގައި ދިމާވި ކަންކަމުގެ ސަބަބުން އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުވަނީ ކޮށްފައެވެ.

މިހާރު ކޮމިއުނިސްޓް ޕާޓީއިން އަޅާ ފިޔަވަޅުތަކަކީ މިކަންކަމަށް ރިއާޔަތްކޮށް ގެންނަ ބަދަލުތަކެކެވެ. ޗައިނާ ސަރުކާރުން ދެކޭ ގޮތުގައި މި ބަދަލުތަކާއެކު ޓެކްސް އާމްދަނީއިން ސަރަހައްދީ ސަރުކާރުތަކަށް ލިބޭ މިންވަރު އިތުރުވެ، ފައިސާ މެނޭޖްކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ.

ޓެކްސް ނުދައްކާ ކުންފުނިތަކުގެ ފަހަތުން ޗައިނާ ސަރުކާރުން ދިޔުމަކީވެސް މި ބަދަލުތަކުގެ ތެރެއިން އަންނަ ކަމެކެވެ.

ޗައިނާގެ ކާބޯތަކެތި އުފައްދާ ކުންފުންޏެއްކަމަށްވާ ވީވީ ފުޑް އެންޑް ބެވަރޭޖް އިން ބުނީ މިދިޔަ ޖޫން މަހު، މީގެ 30 އަހަރުން ކުރިން ދައްކަން ޖެހިފައިވާ 12 މިލިއަން އެމެރިކާ ޑޮލަރުގެ ޓެކްސް ބިލެއް އައިސްފައިވާކަމަށެވެ. އަދި މައިނިން ކުންފުންޏަކުން ވަނީ ޖުމްލަ 92 މިލިއަން ޑޮލަރު އަރާ 2 ބިލެއް އައިސްފައިވާކަމަށާއި، މިއީ 20 އަހަރުވެފައިވާ ޓެކްސް އެއް ހޯދުމަށް އައިސްފައިވާ ބިލެއްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.