ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ
14 Aug 2024 | 16:42
ޖަޕާނުގެ ބޮޑުވަޒީރުކަމުން ކިޝިދާ އިސްތިއުފާ ދެއްވާނޭކަން އިއުލާންކުރައްވައިފި

ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ފުމިއޯ ކިޝިދާ އިސްތިއުފާދޭން ނިންމަވާފައިވާކަން މިއަދު އިއުލާންކުރައްވައިފިއެވެ.

ކިޝިދާ މަޤާމުން އިސްތިއުފާދެއްވާނޭކަން އިއުލާނުކުރައްވާފައިވަނީ މިއަދު ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. އިސްތިއުފާދޭން ނިންމަވައި ކިޝިދާ ވިދާޅުވީ، ރައްޔިތުންގެ އިތުބާރާ ނުލައި ސިޔާސީ މައިދާނުގައި ކުރިއަށް ނުދެވޭނޭ ކަމަށާއި، މިވަގުތައް އެންމެ ރަނގަޅު ގޮތަކީ މަޤާމުން އިސްތިއުފާދެއްވުން ކަމަށެވެ. 

މިއީ އިސްތިއުފާދޭންވީ ވަގުތު. މިފަދަ ބޮޑު ނިންމުމެއް ނިންމީ ރައްޔިތުންނާމެދު ވިސްނުމަށްފަހު އެއީ އެންމެރަނގަޅުގޮތްކަމަށް ފެންނާތީވެ

ކެޝިދާ ވިދާޅުވިއެވެ.

ކިޝިދާ ވިދާޅުވީ މިއީ ޕާޓީގެ ތެރެއިން އިތުރު ބޭފުޅަކަށް ފުރުސަތު ދޭންވީ ވަގުތު ކަމަށާއި، އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމަށެވެ. ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންވަާ ކިޝިދީ މަޤާމުން އިސްތިއުފާދެއްވަން ނިންމަވާފައިމިވަނީވެސް ކޮރަޕްޝަނާއި، އަދި ޖަޕާނުގެ ސިޔާސީ މައިދާން ހަލަބޮލިވެ ޤައުމަށްވެސް ނޭދެވޭ ބަދަލުތަކެއް އަންނަން ފަށާފައިވަނިކޮށެވެ.

ކިޝިދާ އިސްތިއުފާ ދެއްވުމަށް ނިންމުމާ ގުޅިގެން އަންނަ ސެޕްޓެމްބަރުމަހު ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަމަށް އައު ބޭފުޅަކު އިންތިހާބުކުރުމަށް ވަނީ ނިންމާފައެވެ. ޖަޕާނުގެ ބޮޑުވަޒީރުކަމާ ކެޝިދާ ހަވާލުވެ ވަޑައިގެންނެވީ 2021 ވަނަ އަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.