ދަނގެތީ ދާއިރާގެ މެންބަރު އަބްދުالله ރަޝީދު: ފޮޓޯ/ މަޖިލިސް
ހަބަރު
15 Aug 2024 | 10:35
ފަތުރުވެރިކަމަށް ރަށްތައް ދޫކުރާ މުއްދަތު، ކުޑަ އަގެއް ދައްކައިގެން އިތުރު ކުރެވޭ އިސްލާހެއް!

ފަތުރުވެރިކަމަށް ރިސޯޓްތައް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ދޭ މުއްދަތު ކުރުކޮށް، ކުޑަ އަގެއް ދައްކައިގެން މުއްދަތު އިތުރު ކުރެވޭ ގޮތަށް ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ހުށަހަޅައިފިއެވެ.

މި ބިލު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެންބަރު އަބްދުالله ރަޝީދެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވީ 13 އޯގަސްޓްގައެވެ.

ބިލު ހުށަހެޅުއްވުމުގެ މަގުސަދެއްގެ ގޮތުގައި މެންބަރު އަބްދުالله ވިދާޅުވީ، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރިސޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން،  ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން އެގާނޫނުގައުވާ އުސޫލު އިސްލާހު ކުރުމެވެ. 

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު ވާ ގޮތުން ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ހަދަން ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އެ ތަނެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކޮށްދެވެ އެވެ.

މި ގޮތަށް ބަދަލު ގެނެވޭނީ ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ އެ ފައިސާ އެއް ދައްކާ ހަލާސް ކުރީމަ އެވެ.  

މީގެ އިތުރުން އެ ގާނޫނަށް ގެނައި 10 ވަނަ އިސްލާހަށް އަމަލުކުރަން ފެށި ތާރީހު ކަމަށްވާ 27 ޑިސެމްބަރު 2022 އިން ފެށިގެން ފުރަތަމަ ދެ އަހަރުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދެއްކުން ލާޒިމްކޮށްފައިވެ އެވެ. އެ މުއްދަތަށް ފަހު 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާއިރު ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. 

މިއަށް، ހުށަހަޅާފައުވާ އިސްލާހުގައި، ފަތުރުވެރިކަމަށް ދޫކުރާ ރަށެއް ނުވަތަ ބިމެއް ދޫކޮށްފައުވާ މުއްދަތު އިތުރު ކުރުމަށް ، އެރަށެއް ނުވަތަ އެ ބިމެއް ހިފާފައިވާ ފަރާތުން އެދިއްޖެނަމަ، އެ ތަނެއް ކުއްޔަށް ދޫކުރާ މުއްދަތު 50 އަހަރަށް ވުރެ ގިނަ ނުވާ ގޮތަށް އިތުރު ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. 

އަދި އެފަދައިން އިތުރު ކުރުމަށް އެދިއްޖެ ނަމަ، ފީއެއް ނެގުމަށްފަހު އެކަން ކުރެވޭނެ ކަމަށާ، މި އިސްލާހަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަސް ފާއިތުވުމަށް ފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ އެ ފީގެ ގޮތުގައި 10 މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދައްކަން ޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.