މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން:ފޮޓޯ/ މަޖިލިސް
ހަބަރު
15 Aug 2024 | 12:29
ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ފަތުވެރިކަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން ފަތުރުވެރުކަމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު އަބްދުالله ރަޝީދެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ބަހުސް ކުރިއަށް ގެންގޮސް ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން، މުޅި މަޖިލީހުގެ ކޮމިޓީއަށް ގޮސް، މުޅިމަޖިލީހުގެ ކޮމިޓީން ވަނީ ބިލް ދިރާސާކޮށްފައެވެ.

އެގޮތުން، މަޖިލީހުގެ ކޮމިޓީގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ ވަނީ އެ ބިލަށް މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވިފައިވާ ކަމަށާއި، ބަހުސްގެ ތެރެއިން މެންބަރުން ހުށަހެޅުއްވި އިސްލާހުތަކަށް ހުރިހާ މެންބަރުންވެސް އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ.

ވުމާއެކު އިތުރު ބަހުސަކަށް ނުގޮސް އިސްލާހުތައް ކޮމިޓީން ފާސްކުރުމަށް އޭނާ ހުށަހަޅުއްވާފައިވާއިރު އެ ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ ތާއީދު ކުރައްވާފައެވެ.

އެހެންކަމުން، ބިލަށް ވޯޓަށް އަހާފައިވާއިރު މުޅި މަޖިލީހުގެ ކޮމިޓީގެ 76 މެންބަރުންގެ އިއްތިފާގުން ބިލް ވަނީ ފާސްކޮށްފައެވެ. 

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު ވާ ގޮތުން ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ހަދަން ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އެ ތަނެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކޮށްދެވެ އެވެ.

މި ގޮތަށް ބަދަލު ގެނެވޭނީ ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ އެ ފައިސާ އެއް ދައްކާ ހަލާސް ކުރީމަ އެވެ.  

މީގެ އިތުރުން އެ ގާނޫނަށް ގެނައި 10 ވަނަ އިސްލާހަށް އަމަލުކުރަން ފެށި ތާރީހު ކަމަށްވާ 27 ޑިސެމްބަރު 2022 އިން ފެށިގެން ފުރަތަމަ ދެ އަހަރުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދެއްކުން ލާޒިމްކޮށްފައިވެ އެވެ. އެ މުއްދަތަށް ފަހު 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާއިރު ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. 

މިއަށް، ހުށަހަޅާފައުވާ އިސްލާހުގައި، ފަތުރުވެރިކަމަށް ދޫކުރާ ރަށެއް ނުވަތަ ބިމެއް ދޫކޮށްފައުވާ މުއްދަތު އިތުރު ކުރުމަށް ، އެރަށެއް ނުވަތަ އެ ބިމެއް ހިފާފައިވާ ފަރާތުން އެދިއްޖެނަމަ، އެ ތަނެއް ކުއްޔަށް ދޫކުރާ މުއްދަތު 50 އަހަރަށް ވުރެ ގިނަ ނުވާ ގޮތަށް އިތުރު ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. 

އަދި އެފަދައިން އިތުރު ކުރުމަށް އެދިއްޖެ ނަމަ، ފީއެއް ނެގުމަށްފަހު އެކަން ކުރެވޭނެ ކަމަށާ، މި އިސްލާހަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަސް ފާއިތުވުމަށް ފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ އެ ފީގެ ގޮތުގައި 10 މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދައްކަން ޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް
މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމްކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.
29 Jun 2026
އެޗްޑީސީން މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީ
އެޗްޑީސީން ވަނީ އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ 13 ބާވަތެއްގެ މައުލޫމާތު އަމިއްލަ އިސްނެގުމުގައި ވެބްސައިޓުގައި އާންމުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިކަން ކުރި ފުރަތަމަ ކުންފުންޏަކަށް ވެފައެވެ.
29 Jun 2026
އާރްޓީއެލް ފެރީ ހިދުމަތް ރަނގަޅުކުރާނަން
ހަނގުރާމައާއި ފައިސާގެ ދަތިތަކުން އާރްޓީއެލް ފެރީ ޚިދުމަތް ލަސްވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
ޚާމަނާއިގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާނެ: ސަރުކާރު
ޚާމަނާއިގެ ޖަނާޒާގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ލިބިފައިވާ ކަމަށާއި ރާއްޖެއިން އެ ޖަނާޒާގައި ބައިވެރިވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
29 Jun 2026
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރު އާންމުކުރާނަން: ރައީސް
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
29 Jun 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް
އީސީގެ މެންބަރު އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ، މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
މިފްކޯ އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވަނީ
މިފްކޯ އިން ސިޓީތަކާއި އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއޯއޯ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގައި ވަނީ އަތޮޅުތެރޭގެ ފުރަތަމަ އައުޓްލެޓް ހުޅުވައިފައެވެ.