ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު....
ހަބަރު
17 Aug 2024 | 11:56
އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ޒާހިރުވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި: ރައީސް

ރާއްޖޭގެ އިޤްތިސާދުގެ ތެރެއަށް އަމިއްލަ އުފެއްދުންތައް ނެރުއްވުމަށް ވިޔަފާރިވެރިޔާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ވަނީ ގިނަ  މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޯކޭ ޒާހިރު ނިޔާވުމާއި ގުޅިގެން ރައީސް ޑރ.މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކާރުޚާނާ ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ޒާހިރު  ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މިގޮތުން ކުރެއްވި މަސައްކަތްތަކާއެކު ޒާހިރު ވަނީ، އިޤްތިޞާދުކުރިއެރުވުމުގެ ރޮނގުން ޤައުމީ އިނާމުވެސް ޙާޞިލްކުރައްވާފައި ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވިޔަފާރިވެރިޔާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، ރައީސް ޑރ.މުއިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

ޒާހިރު ނިޔާވުމާ ގުޅިގެން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

ޒާހިރު ނިޔާވެފައިވަނީ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އަވައްޓެރި ލަންކާގެ ހޮސްޕިޓަލެއްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 76 އަހަރެވެ. ޒާހިރު ނިޔާވީ، ލަންކާގެ އާސީރީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ފަތިހު ގާތްގަނޑަކަށް 04:30 ހާއިރު އެވެ.

ދިވެހިންގެ ތެރޭގައި އެންމެ ފުރަތަމަ އޯކޭ ޒާހިރު މަޝްހޫރުވެގެން ދިޔައީ އޭނާގެ އީޖާދީ އުފެއްދުންތަކުގެ ސަބަބުންނެވެ. އައު އުފެއްދުންތައް ދިވެހިންގެ ތެރެއަށް ނެރުއްވުމުގައި ޒާހިރަކީ ނަމޫނާ ބޭފުޅެކެވެ. 

މީގެ އިތުރުން ޒާހިރަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައިވެސް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އިސްލާހީ މަސައްކަތްތައް ކުރެއްވިއިރު އެންމެ އިސް ސަފްގައި ހުންނަވައިގެން މަސައްކަތްޕުޅު ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.