ވަޒީރު ފައިސަލް-- ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ
ހަބަރު
17 Aug 2024 | 15:59
ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް، އައްޑޫގައި އިނގިރޭސިން ހަދައިފައިވާ ތަންތަން މަރާމާތު ކުރަނީ

އައްޑޫގައި އިނގިރޭސިން ތިބިއިރު، އެމީހުން ހަދާފައިވާ ތަންތަން މަރާމާތު ކޮށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިކަމުގެ މަންފާ އައްޑޫސިޓީގެ ރައްޔިތުންނަށް ލިއްބައިދިނުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެކެވެ.

މިގޮތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ބްރޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓު ކުރުމަށް 'ޑެސްޓިނޭޝަން އައްޑޫ 2024' ގެ ނަމުގައި ބޭއްވި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެއީ އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކުގައި މީގެ ކުރިން އިނގިރޭސިން މިތާގައި ތިބިއިރު އިނގިރޭސިން އޭރު ހަދާފަ ހުރި ތަންތަން އެބަހުރި. އެ ތަންތަން އަލުން އަޅުގަނޑުމެން ރިނޮވޭޓްކޮށް އިނގިރޭސީންގެ މާކެޓަކަށް އައްޑޫ ހެދުމަށް. އެކަން ކުރެވޭނީ ހެރިޓޭޖް މިނިސްޓްރީގެ ދަށުން ކަމުން އަޅުގަނޑު ވާނީ އެ މިނިސްޓްރީއާއެކު ވެސް ބައްދަލުކޮށްފަ،"

ވަޒީރު ފައިސަލް ވިދާޅުވިއެވެ.

މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގައި ބާއްވާ ޓޫރިޒަމް ފެއާގައި ވެސް އިނގިރޭސީންގެ މާކެޓަކަށް އައްޑޫ ހެދުމަށްޓަކައި އައްޑޫ ޕްރޮޕޯޓްކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ވަޒީރު ފައިސަލް ވިދާޅުވީ، އެ ފެއާގައި އައްޑޫ ސިޓީ ކައުންސިލުން ވެސް ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.

އިނގިރޭސިންގެ ޓޫރިޒަމް މާކެޓަކަށް އައްޑޫސިޓީ ހެދުމަކީ ވަރަށް ޚާއްސަ ކަމެއްކަމަށާއި، އައްޑޫއަކީ އެކަން ކުރަން އެންމެ ރަނގަޅު އެއްތަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1941 ވަނަ އަހަރު އިނގިރޭސި ސިފައިން ވަނީ އައްޑޫގައި އެމީހުންގެ މަރުކަޒެއް ޤާއިމްކޮށްފައެވެ. ހަމަ އެއާއެކު ގަމުގެ ވައިގެ ބަނދަރަކީވެސް އެދުވަސްވަރު އިނގިރޭސި ރޯޔަލް ނޭވީގެ ބޭނުމަށް ހެދި ތަނެކެވެ. ގަމުން އިނގިރޭސި ސިފައިން ފޭބީ 1976 ވަނަ އަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް