ކުރީގެ ހާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު
ހަބަރު
17 Aug 2024 | 15:19
ލޭނު މަސްވެރިކަން ކުރުމުގެ ސިޔާސަތު ސަރުކާރުން ދޫކޮށްލަންޖެހޭ: ޝާހިދު

ލޭނު މަސްވެރިކަން ކުރުމަށް އަދުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ދޫކޮށްލަން ޖެހޭކަމަށް ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ހިޔާލު ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޢަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަމެއް އޮތުމަށް ލޭނުއެޅުމުގެ މަސްވެރިކަން ހިފެހެއްޓިފައި އޮއްވައި، އެކަމަށް ހުއްދަދިނުމުގެ ސިޔާސަތެއް ގެންގުޅޭކަމީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.

މިކަމަކީ އެމްޑީޕީ ސަރުކާރުންވެސް ހުއްދަނުދީ ހިފަހައްޓާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ލޭނު އެޅުމުގެ ހުއްދަ ދީފިނަމަ، މިކަމުން މިހާތަނަށް ލިބެމުންއައި މަންފާތައް ގެއްލި މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އެކަމުގެ ނުރަނގަޅު އަސަރުތައް ކުރާނޭ ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކަމާބެހޭ ފަރާތްތަކުގެވެސް ނުހަނު ކަންބޮޑުވުން ހިމެނޭކަމެއްކަން ޝާހިދުގެ ޕޯސްޓްގައި ފާހަގަކުރިއެވެ.

މިގޮތުން އަބްދުﷲ ޝާހިދު ވަނީ ލޭނުގެ މަސްވެރިކަން ހުއްދަދިނުމަށް ސަރުކާރުން ގެންގުޅެމުން އަންނަ ވިސްނުން އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް މިއަދުވަނީ ލޭނު މަސްވެރިކަން ކުރުމަށް ސަރުކާރުން ހުއްދަދޭން އުޅޭތީ އެކަމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. އެމްޑީޕީ ސަރުކާރުން ލޭނުއެޅުމުގެ މަސްވެރިކަމަށް ހުއްދަ ނުދިނީ އެކަމުގެ ސަބަބުން މަސްވެރިކަމަށް ފައިދާތަކެއް ކުރާތީ ކަމަށާއި، ސަރުކާރުގެ މި ސިޔާސަތަކީ މަސްވެރިކަމުގެ ސިނާއަތަށް އޮތް ނުރައްކަލެއްކަމަށް ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސިފަކޮށްފައެވެ.

ސަރުކާރުން ވަނީ ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ލޭނުއެޅުމުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ނިންމައި، "ލޭނު މަސްވެރިކަން ކުރުމުގެ ގަވައިދަށް އާއްމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ގަވައިދަށް ބަލާއިރު، ލޭނު މަސްވެރިކަން ކުރަންވާނީ ފިޝަރީޒް މިނިސްޓްރީން އެކަމަށް ދޫކުރާ ސައްހަ ލައިސެންސެއް އޮވެގެންނެވެ. މިގޮތުން ލައިސަންސް ދޫކުރެވޭނީ ހަމައެކަނި ލޯބޮޑު ކަންނެއްޔާއި ރީނދޫއުރަހަ ކަންނެލީގެ އިތުރުން ހިބަރު ބޭނުމަށް އެކަނި ކަމަށްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ލޭނުއެޅުމުގެ ހުއްދަ 2012 ގައި ދީފައި އޮތްނަމަވެސް 2019 ވަނަ އަހަރު ވަނީ ލޭނުއަޅައިގެން މަސްވެރިކަން ކުރުން މަނާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.