ފަލަސްޠީނުގެ ޚާން ޔޫނިސްގައި ދިރިއުޅެމުންދާ އިންޖިނިއަރެއް ކަމަށްވާ އީނާސް އަލް-ޣޫލް
ދުނިޔެ
18 Aug 2024 | 11:41
ސޯލާ އެނާޖީއިން މޫދުފެން ޑީސެލިނޭޓް ކުރުމުގެ މަސައްކަތް ކުރާ ފަލަސްޠީނުގެ އަންހެން އިންޖީނިއަރެއްގެ ވާހަކަ!

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލު ޢާއްމު ތަކާއި، ފަލަސްޠީނުގެ މުސްލިމުންނަށް ކުރަމުންދާ ދަތިތަކާއިއެކު ޣައްޒާގެ މުސްލިމުންނަށް ސާފު ބޯފެން ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ލުއެއް ހޯދައި ދިނުމަށް ފަލަސްޠީނުގެ އަންހެން އިންޖީނިއަރަކު އިރުގެ އަލިން ހަކަތަ އުފައްދާ، މޫދުގެ ލޮނުފެން ބޯފެނަށް ބަދަލުކުރެވޭ އާލާތެއް އުފައްދައިފިއެވެ.

ފަލަސްޠީނުގެ ޚާން ޔޫނިސްގައި ދިރިއުޅެމުންދާ އިންޖިނިއަރެއް ކަމަށްވާ އީނާސް އަލް-ޣޫލް މި އާލާތް އުފެއްދި ސަބަބާއި ގުޅޭ ގޮތުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން އޭނާ ބުނީ، އުތުރު ޣައްޒާއިން ފެނުގެ ޚިދުމަތް އެއްކޮށް ކަނޑާލާފައިވާތާ 23 އަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. 

"މީހުން ގެދޮރުން ނެރެވި، އެމީހުންނަށް ފެން ނުލިބޭ. ޚާއްޞަކޮށް (ޣައްޒާގެ) އުތުރުގައި."އީނާސް ބުނެފައިވެއެވެ.

އެހެންކަމުން، ފެން ލިބެން އޮތް މަގަކީ މޫދު ކަމަށްވާއިރު، މޫދުފެން ސާފު ބޯފެނަށް ބަދަލުކޮށް ބޭނުން ޖެހިފައިވާ މީހުން ނަށް ފެންފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުން އެފަދަ އާލާތެއް އުފައްދާފައިވާ ކަމަށް އޭނާ ބުނެފައުވެއެވެ. 

މީގެ އިތުރުން، އީނާސް ބުނެފައިވާ ގޮތުގައި އެ އާލާތަކީ އަނެއް ޚާއްޞަ ސިފައަކީ މިއީ ކޮންމެ ތަނަކުންވެސް ފަސޭހައިން ލިބެންހުންނަ ރީސައިކަލްކުރެވޭ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ އާލާތަކަށް ވުމެވެ.

އެގޮތުން، ލަކުޑި އަދި ބޭނުންކޮށްފައިވާ ނުވަތަ ހަލާކުވެފައިވާ ބިއްލޫރި، ހަން ނުވަތަ ޓާޕޯލިން ފަދަ ތަކެތި ބޭނުންކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފަލަސްޠީނުގެ ޚާން ޔޫނިސްގައި ދިރިއުޅެމުންދާ އިންޖިނިއަރެއް ކަމަށްވާ އީނާސް އަލް-ޣޫލް

މީގެ އިތުރުން، އެ އާލާތަކީ 4 މީޓަރުގެ ދިގުމިނުގެ އެއްޗަކަށް ވާއިރު، އެއީ ބޭނުން ކުރަން ފަސޭހަ، އަދި އެއްތަނުން އަނެއް ތަނަށް އުފުލުމަށްވެސް ފަސޭހަ އެއްޗެއް ކަން އީނާސް ފާހަގަކޮށްފައިވެއެވެ. 

“މިއިން ލިބޭ ފެނަކީ ތާޒާ ސާފުފެން. އޭގައި އެއްވެސް ލޮނު ކަމެއް ނުހުރޭ. މީތި ބޯހިޔާވަހިކަން ހޯދަމުންދާ ތަންތަނުގައި މި އަންނަނީ ބޭނުން ކުރަމުން” އީނާސް ބުނެފައިވެއެވެ.

ޣައްޒާގެ މުސްލިމުން ބިކަކޮށް ނިކަމެތި ކޮށްލުމަށް ނުރައްކާތެރި ހަތިޔާރުގެ އިތުރުން އެހެން އުކުޅުތައް ވެސް ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާއިރު އެއިން އެއް ކަމަކީ, ޣައްޒާއަށް ކާބޯތަކެއްޗާއި ސާފު ބޯފެން އެތެރެ ކުރުން ހުއްޓުވައި, ޣައްޒާގެ މުސްލިމުން ހައިހޫނުގައި ޖެއްސުމެވެ. ޣައްޒާގައި ހާލު ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށްވުރެ ގިނަ މީހުން ބަނޑުފުރާނަ މުއްތިކުރަން ބޭނުންވާ މިންވަރަށް އެ ސަހަރަށް ކާބޯތަކެތި ނުވައްދާތާ މިހާރު އެތަކެއް މަހެއް ފާއިތުވެއްޖެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.