ޢަބްދުﷲ ޝާހިދު
ހަބަރު
18 Aug 2024 | 15:16
އުސޫލުން ބޭރުން އެޕާޓްމަންޓެއް ގަނެފައި އޮތްނަމަ، ގަނާނުކޮށް އޭސީސީއަށް އެކަން ހުށަހަޅުއްވާ: ޢަބްދުﷲ ޝާހިދު

އުސޫލުން ބޭރުން އެޕާޓްމަންޓެއް ނުވަތަ އެނޫންވެސް މުދަލެއް ހޯދިކަން ފާހަގަވާނަމަ ޤާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުޙަބާކިޔާކަމަށް ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިގޮތަށް ވިދާޅުވެފައިވަނީ ބައެއް މީޑިއާތަކުން އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް ފަތުރަމުންދާ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ޝާހިދު ވިދާޅުވީ، ބައެއް މީޑިއާތަކުން އެމަނިކުފާނުގެ އާއިލާގެ މެމްބަރަކު ގަތްކަމަށް ބުނާ، ރެއިންކުރެސްޓްގެ އެޕާރޓްމެންޓް ގަނެފައިވަނީ ބޭންކް އިން ލޯނެއް ނަގައިގެން ކަމަށެވެ. އެ ލޯނު މިހާރުވެސް އަނބުރާ ދައްކަމުންދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ދިޔަރެސް ނޫހުގައި އެ ބުނާ އެޕާރޓްމެންޓްތައް ގަނެފައިވަނީ ސަރުކާރުގެ ވަޒީރުކަމުގައި ހުރި މިދިޔަ 5 އަހަރުގެ ތެރޭގައެއް ނޫން ކަމަށާއި، އޭރުވެސް އެމަނިކުފާނު ހުންނެވީ އިދިކޮޅު ޕާޓީގެ މެމްބަރެއްގެ ގޮތުގައިކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި ޕޯސްޓްގައި ޢަބްދުﷲ ޝާހިދު ވަނީ، އެމަނިކުފާނު މާލޭގައި 10 ބުރީގެ އެޕާރޓްމެންޓް ބިލްޑިންގް އެއް ޢިމާރާތްކޮށް ކުއްޔަށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަކީވެސް ދިވެހި ރައްޔިތުންނަށްވާތީ އަޅުގަނޑުމެންނަށް ވެސް މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު ޤާނޫނު އަސާސީ ގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ 

ޢަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ބައެއް މީޑިއާތަކުން މިކަމުގައި ހަބަރުތައް ފަތުރަމުންދަނީ، ޢާއިލާގެ އަބުރުކަތިލުމުގެ މަގުސަދުގައި ކަމަށެވެ.

މިގޮތުން މިކަމާމެދު ސުވާލުކުރައްވާ ފަރާތްތަކުން އަބުރުކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާކުރުމުގެ ބަދަލުގައި ޤާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުޙަބާކިޔާ ކަމަށްވެސް ޢަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.