ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ
ހަބަރު
18 Aug 2024 | 21:56
ރިޒާވް ދަށަށްދިޔަ ނަމަވެސް، ލަފާކުރެވެނީ މިމަހު ރަނގަޅުވާން ފަށާނޭކަމަށް: އެމްއެމްއޭ

ޖުލައިމަސް ނިމުނުއިރު ދައުލަތުގެ ރިޒާވް ދަށަށްދިޔަ ނަމަވެސް، ކުރިއަށްއޮތް ދުވަސްތަކުގައި ރިޒާވް ރަނގަޅުވާނޭކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.

ރާއްޖެއަށް ބޭނުންވާ މުދަލުގެ ބާވަތްތަކާއި އެނޫންވެސް ކަންކަމުގައި ބޭނުންކުރަން ހުންނަ ރިޒާވް ދަށަށް ދިއުމާއި ގުޅޭގޮތުން ދައުރުވަމުންދާ ވާހަކަތަކާ ގުޅޭގޮތުން އެމްއެމްއޭއިން ނެރުނު ރަޢުޔުގައި ބުނެފައިވަނީ، މިހިނގާ އޮގަސްޓްމަސް ނިމޭއިރު ދައުލަތުގެ ރިޒާވް ރަނގަޅުވާނޭކަމަށް ލަފާކުރެވޭކަމަށެވެ. 

މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ،ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތިތަކާ ގުޅިގެން މާލީ ވުޒާރާއާއެކު 2019 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާކަމަށެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފައިސާ މާރުކުރުމުގެ ބަދަލުގައި ޑޮލަރުން ބެހެއްޓުމަށް ނިންމައި ޑޮލަރުން ފައިސާ ޖަމާކުރަމުން އައިސްފައިވާކަމަށެވެ.

އެގޮތުން މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭގޮތަށް 65 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭއިން ބުންޏެވެ. ޖުލައިމަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގައި ހުރީ45 މިލިއަން ޑޮލަރު ހުރިއިރު، އެ އަދަދު ގުނާފައިވަނީ އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރު ނުލައިކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހައި ސީޒަންކަމުން ކުރިއަށްއޮތް ތަނުގައި ރިޒާވް އެދެވޭ އަދަދަކަށް އިތުރުވާނޭކަމަށް ލަފާކުރެވޭކަމަށް އެމްއެމްއޭއިން ބުނެއެވެ. ހަމަ އެއާއެކު އެމްއެމްއޭއިން މިހާރުވެސް އަންނަނީ ބޭރުފައިސާގެ މުއާމަލާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ އެކި ފަރާތްތަކާއެކު މުއާމަލާތްތައް ކުރަމުންނެވެ. މިގޮތުން ކުރެވެމުންދިޔަ މަސައްކަތްތަކުން ބޭރުގެ ސްވޮޕްލައިނަކުން ވަރަށް އަވަހަށް 400 މިލިއަން ޑޮލަރާއި ހަމައަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނޭކަން އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.