ބިބީގެ ޕޯސްޓަރު
ހަބަރު
19 Aug 2024 | 13:17
"ބިބީ" ގެ ޕޯސްޓަރު އެންމެފަހުން ދައްކާލައިފި. ކޮންމެހެންވެސް ބަލަންދާންވާނެ

ޑާކްރެއިން އެެންޓަމައިންޓުން ސިނަމާއަށް ނެރުމަށް ތައްޔާރުވަމުންދާ އެ ސްޓޫޑިއޯއިން އެންމެފަހުން ތައްޔާރުކުރި ފިލްމް "ބިބީ" ގެ ޕޯސްޓަރު ފުރަތަމަ ފަހަރަށް މިއަދު ދައްކާލައިފިއެވެ.

ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު އަދި މިހާރު އެންމެބޮޑު އޯޑިއަންސެއް އޮންނަ ޑާކްރެއިން އެންޓަރޓައިންމަންޓުން މިފަހަރު ބެލުންްްްްތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ތައްޔާރުވަމުންދާ "ބިބީ" މި ފިލްމަކީ ސިނަމާގެ ބަހުން ބުނާނަމަ، ހޮރޯ/ކޮމެޑީ ފިލްމެކެވެ. ފިލްމްގެ ޕޯސްޓަރަށް ބަލާލުމުންވެސް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޕޯސްޓަރުން ފެންނަ ކެރެކްޓަރ ތަކަށް ބަލާއިރު، ބިރުވެރި އަދި ހެއްވާ މަޖާ މަންޒަރުތައް ފެނިގެންދާއިރު، މި ފިލްމަކީ ޑާކްރެއިނުން މީގެ ކުރިން ގެނެސްދީފައިވާ ފިލްމްތަކާ މުޅިން ތަފާތު ފިލްމެކެވެ. ޑާކްރެއިނުން މީގެ ކުރިންވެސް ގެނެސްދީފައިވަނީ މުޅިން ތަފާތު ފިލްމުތަކެކެވެ. ފިލްމް ބަލާ އޯޑިއަންސަށް ޑާކްރެއިން ތަފާތުވަނީ މިހެންވެގެންނެވެ. 

މި ފިލްމުގެ ޕޯސްޓަރު ޑިޒައިންކޮށްފައިވަނީ ހޫދު އިބްރާހިމެވެ. ޕޯސްޓަރުގެ ލެޓަރިން އަބޯޝަފީއުއެވެ. އަދި ފިލްމުގެ ޓައިޓުލް މިއުޒިކް ތައްޔާރުކޮށްދިނީ ހުސައިން ތައުފީގެވެ.

ޑާކްރެއިނުން މިއަދު ދައްކާލި "ބިބީ" ގެ ފުރަތަމަ ޕޯސްޓަރު... 

އާއިޝަތު ފުއާދު އަދި މުހައްމަދު އަލީ (މޮގަ) ޕްރޮޑިއުސް ކުރާ "ބިބީ" މި ފިލްމް ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޝަހުދާ މަހުމޫދެވެ. މިއީ އޭނާގެ ލިޔެ ޑައިރެކެޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މިހާރު ސިނަމާގައި އެންމެ ނަންހިނގާ އެކްޓަރު ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމުން ތަޖުރިބާކާރު ފިލްމީތަރި ޝީލާ ނަޖީބުގެ އިތުރުން އިތުރު ތައާރަފަކަށް ބޭނުންނުވާ، އަހުމަދު ސައީދު، މަލީހާ ރަޒާން ރާމިޒުވެސް ފެނިގެންދާނެއެވެ. އަދި ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި އެތައް ފިލްމަކުން ފެނިގެންދިޔަ ކުޅަދާނަ އެކްޓަރު އިސްމާއީލް ވަޖީހުވެސް މި ފިލްމުން ފެނިގެންދާނެއެވެ.

"ބިބީ" ސިނަމާގައި އެޅުވުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުއެވެ. މި ފިލްމް ވެގެންދާނީ ޑާކްރެއިނުން މިއަހަރު ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފިލްމަށެވެ. ޑާކުރެއިނުން މިއަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ ތަފާތު ފިލްމެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރި "ފުރޭތަ" އެވެ. 

ދިވެހި ފިލްމީ އިންޑަސްޓްރީއަށް 2006 ވަނަ އަހަރު ނިކުތް ޑާކްރެއިނަކީ މިހާރު މި އިންޑަރސްޓްރީގައި ނަގާކިޔާ އެންމެވަރުގަދަ ޕްރޮޑަކްޝަން ހައުސްއެވެ. މިހާތަނަށް ގިނަ އަދަދެއްގެ ފިލްމުތަކެއްގެ އިތުރުން ޑްރާމާ ސީރީޒްތައް ނެރެފައިވާ ޑާކްރައިން ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ސިނަމާއަށް ފުރަތަމަ ފަހަރަށް ތްރީޑީ ފިލްމެއް ގެނެސްދިން ޕްރޮޑަކްޝަން ހައުސްގެ ގޮތުގައެވެ. ފިލްމު އުފެއްދުމުގެ އިތުރުން އިޖުތިމާއީގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތުއެކި މެސެޖްތައް ލިބޭގޮތަށް ލަވައާއި ވީޑިއޯ ތައްޔާރުކުރުމުގައިވެސް ޑާކްރެއިން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.