އިމިގްރޭޝަން ރެއިޑު: މ.ރީތި އޯކިޑްގެ ބަލައި ފާސްކުރިއިރު، ނުތާހިރު ތަނެއްގައި ފޯއް ކޮށައި ހިއްކަން ބަހައްޓާފައި...
ހަބަރު
19 Aug 2024 | 14:28
މުޑުދާރުކަން: ފޯއް ކޮށާފައި އެ ބަހައްޓަނީ ފާހާނާ އޮޅިގަނޑުކައިރީގައި

ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މުޑުދާރު ގޮތަކަށްހުރި ފާހާނާއެއް ކައިރީ ފޯއްކޮށައި ވިއްކުމުގެ މަސައްކަތްކުރަމުންދާ ބިދޭސީންތަކެއް އަތުލައިގަނެފިއެވެ.

މިފަހަރު މި ބިދޭސީން އަތުލައިގަނެފައިވަނީ މ.ރީތި ކޯކިޑްގެ ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ފޯއްކޮށުމުގެ ކަންކަން އެމީހުން ކުރަނީ ވަރަށް މުޑުދާރުކޮށްހުރި ފާހާނާއެއް ކައިރީއެވެ. ފޮޓޯތަކުން އެނގޭގޮތުގައި ފޯއްކޮށައި ބަހައްޓާފައި ހުންނަ ތަންތަނުގެ ތެރޭގައި އެމީހުން ނިދާ ހަދާތަންހިމެނެއެވެ. މީގެ އިތުރުން ފާހާނާ އޮޅިގަނޑު ކައިރީގައިވެސް ކޮށާފައިހުރި ފޯއްތައް ބަހައްޓާފައި ހުރެއެވެ. ފޯއްތައް ބަހައްޓާފައި ހުރި ގޮތަށް ބަލާއިރު ފާހާނާއަށް ވަދެ ނިކުމެވެނީ އޭގެ މައްޗަށް އަރައިގެންނެވެ. 

އިމިގްރޭޝަނުން ބުނީ،  އިއްޔެ ހިންގުނު ހާއްސަ ރެއިޑުގައި، މ.ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 02 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އެތަނަކީ، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނަކަށްވެފައި، ސާފުތާހިރުކަން އިންތިހާއަށް ދަށްކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އެތަނުން ފާހަގަކުރެވުނު ކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.'

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ އެސްއެމްއީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއްވެސް އަތުލައިގަނެފައެވެ. އެތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 03 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މީގެކުރިންވެސް ވަނީ، އެއްވެސްކަހަލަ ސާފްތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީން އަތުލައިގަނެފައެވެ. މީގެ ތެރޭގައި ދިވެހިން އާއްމުކޮށް ކައި އުޅޭ ކުދިގުޅަ އަދި ތެލުލިފަތް ފަދަ ތަކެތި ތައްޔާރުކުރަމުންދިޔަ ތަންތަނުން އަތުލައިގަތް ބިދޭސީން ހިމެނެއެވެ.

ކޮމެންޓް
ޢޭނަ
ދިވެހިންނަށް ވަރަށް މީރުވާނެ
19 Aug 2024
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.