މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވާހަކަފުޅުދައްކަވަނީ... ފޮޓޯ؛ ރައީސް އޮފީސް
ހަބަރު
19 Aug 2024 | 15:25
ޓޫރިޒަމް ދާއިރާއަށް ބައިގަރުނު ވެގެންދިޔަ ނަމަވެސް، އަންހެނުންނަށް އަދިވެސް ގޮންޖެހުންތައް އެބަހުރި: މެޑަމް ސާޖިދާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައިގަރުނު ފުރިގެން ދިޔަނަމަވެސް އަދިވެސް އެ ސިނާއަތުގައި އަންހެނުންނަށް ގޮންޖެހުންތައް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ފަތުރުވެރިކަމަށް 50 އަހަރުވެގެން ދިޔައިރު އަންްްްހެނުންނަށް އަދިވެސް ގޮންޖެހުންތައް އެބަހުރިކަމަށާއި، މިކަމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށެވެ. 

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަމުގައި ފާހަގަކުރައްވައި ވިދާޅުވީ، އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުންކަމަށެވެ.

މި ސިނާއަތަށް މިހާ ދުވަސްވެގެންދިޔައިރު މިއީ ކޮންމެހެންވެސް ވިސްނަން ޖެހޭ މައްސަލައެއް

ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން ވިހެއުމުގެ ޗުއްޓީއާއި އެފަދަ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ވަރަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އަދި އެއީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެޅޭ ހުރަހެއްކަން އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ޙަޤީޤީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރި ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން މިފަހަރު ބޭއްވި މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ވިމަންސް އެޑިޝަނުގެ ސްޕޮންސަރަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އެވެ.

އެމްއޭސީއެލުން ބުނީ މި ކޮންފަރެންސް ސްޕޮންސަރ ކުރުމުގެ މައިގަނޑު މަޤްސަދަކީއެކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިއަކަށް ވުމާއެކު ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުން ކަމަށެވެ.

އަދި ހާއްސަކޮށް އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލައި އަންހެނުން ބާރުވެރިކުރުވުމަށް ހިތްވަރުދިނުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.