ފޮޓޯ: އިންޓަރނެޓް
ހަބަރު
20 Aug 2024 | 07:36
ބުޅަލުގެ މަހަކީ ހަށިގަނޑަށް ކިހާ ނުރައްކާތެރި އެއްޗެއްތަ؟

ގިނަ ބައެއްގެ ސަމާލުކަން އިއްޔެ ލިބިގެންދިޔައީ ބުޅަލުގެ މަހުން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވިގެން ބަންގާޅަށް ނިސްބަތްވާ މީހަކު ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކުރި ހަބަރަށެވެ. މިކަން ވެގެންދިޔައީ ދިވެހިންގެ ވަރަށްގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ. ވާނީވެސް އެހެންނެވެ. އެ ދެކެވެނީ ބުޅަލުގެ މަސް ބޭނުންކޮށްގެން ސޭންޑްވިޗާއި، ސަބްމެރިނުގެ އިތުރުން އެނޫންވެސް ހެދިކާތައް ހަދައި މާލޭގެ ކަންމަތީ ފިހާރަތަކުން ވިއްކަމުންދިޔަ ވާހަކައެވެ.

ސޯޝަލް މީޑިއާ ބަލާލުމުން މިކަމަށް ދިވެހިންގެ ސަމާލުކަން އިންތިހާއަށް ލިބިގެންދިޔަކަން ހާމަވެއެވެ. އެކަން އެގޮތަށް ނުވާންވީ ސަބަބެއްވެސް ނެތެވެ. ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ކަންމަތީ ފިހާރައިން ސަބްމެރިނެއް ނުވަތަ އެނޫންވެސް އެއްޗެއް ކާލުމަކީ މިހާރު އާދައެކެވެ. ދަރިންގެ އިންޓޯލުގަޑިއަށް ގެންދިއުމަށް ގޭގައި ތަކެތި ތައްޔާރުކުރުމުގެ ބަދަލުގައި ކަންމަތީ ފިހާރައިން ވިއްކާ ސޭންޑްވިޗް ނުވަތަ އެނޫންވެސް ތަކެތި ބޭނުންކުރުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ. މިކަން މިހާ ސީރިއަސް ކަމެއްގެ ގޮތުގައި ނެގުނީވެސް އެހެންވެގެންނެވެ.

ދެން އޮތީ ބުޅަލުގެ މަސް އެއީ ކިހާވަރެއްގެ އެއްޗެއްތޯ ބެލުމެވެ. އެނގޭހާވެސް އެއްޗަކީ ދިވެހިންނަކީ އެއްވެސް ގޮތަކަށް އެއްވެސް އިރަކު ބުޅަލުގެ މަސް ކައިއުޅުނު ބަޔަކަށް ނުވާކަމެވެ. އޭގެ ސަބަބުތައްވެސް އެބަހުއްޓެވެ.

ސްޓްރީޓް ކެޓް މީޓް ނުވަތަ މަގުމަތީގައި ގިނަވެގެން އުޅޭ ބުޅަލުގެ މަސް ކެއުމުގެ ސިއްޙީ ނުރައްކާ!

ސިއްހީމާހިރުންގެ އިތުބާރުހިފޭ ލިޔުންތަކަށް ބަލާއިރު އެނގޭހާވެސް އެއްޗަކީ، މަގުމަތީގައި މިއުޅޭ ބުޅަލުގެ މަހަކީ ގިނަ ފަހަރަށް ޒޫނޯޓިކް ބަލިތައް ފެތުރުމަށް މެދުވެރިވާ އެއް ސަބަބެވެ. މިއީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފެތުރިދާނެ އިންފެކްޝަންތަކުން ޖެހޭ ބަލިތަކެކެވެ. މިފަދަ އެއް ބައްޔަކީ ޓޮކްސޮޕްލާސްމާ ގޮންޑީ އެވެ.

މިއީ ޕެރަސައިޓްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހާއްސަކޮށް ރޯކޮށް ނުވަތަ ތަޣައްޔަރުވެފައިވާ ޝިކާރައެއްގައި މި ޕެރަސައިޓް ހުރެދާނެ އެވެ. ބުޅަލުގެ ނުވަތަ އެނޫންވެސް އެބާވަތުގެ ޖަނަވާރެއްގެމަސް ރަނގަޅަށް ނުކެއްކި ކެވިއްޖެ ނަމަ ބަލިޖެހުން ވަރަށް ގާތެވެ.

ޓޮކްސޮޕްލާސްމޯސިސްގެ ސަބަބުން ސިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންގެ ބަނޑުގައި އޮންނަ ދަރިފުޅު ހެދިބޮޑުވުމަށް މިކަމުގެ ނުރައްކާތެރިކަން ވަކިން ބޮޑުވެއެވެ. މީގެ ތެރޭގައި ލޮލުގެ ފެނުމާއި އަޑު އިވުމުގެ މައްސަލަތައް، ސީޒާރސް ނުވަތަ ފިޓް ޖެހުން، އަދި އުނގެނުމާއި ހެދިބޮޑުވުމުގެ މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން އިމިއުނޯކޮމްޕްރޮމައިޒްޑް މީހުންނަށް، އެއަށްވުރެ ސީރިއަސް އަލާމާތްތައް ފެނިދާނެއެވެ. އިމިއުނޯކޮމްޕްރޮމައިޒްޑް މީހުންނަކީ އެއިޑްސް، ހަކުރުބަލި، އަދި ކެންސަރު ފަދަ ބަލިކަށް ފަރުވާ ހޯދަމުންދާ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނެވެ.

ބުޅަލުގެ މަސް ކެއުމުން ކާނާ ވިހަވުމަށް މަގުފަހިވޭ.

މަގުމަތީގައި އުޅޭ ބުޅާތައް ގިނަފަހަރަށް ސާފްތާހިރުކަން ވަރަށް ކުޑަ ހިސާބުތަކުގައި އުޅެއެވެ. މިފަދަ މާހައުލުތަކުގައި އުޅޭއިރު، ސެލްމޮނެއްލާ، ކެމްޕިލޮބެކްޓަރ، އަދި އީ.ކޮލައި ފަދަ ނުރައްކާތެރި ބެކްޓީރިއާތައް އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ފުރުޞަތު ބޮޑުވެއެވެ. މި ބެކްޓީރިއާތައް އުފެދިފައިވަނީ ނުރަނގަޅު ގޮތުގައި ބެލެހެއްޓިފައި ހުންނަ، ރޯކޮށް ހުންނަ މަހުގެ ތެރޭގައެވެ.

މިފަދަ މަހުގެ ބާވަތްތަކުން ކާނާ ބޭނުންކުރާ މީހުންނަށް އާދަޔާހިލާފަށް ގޭސްޓްރޮއިންޓެއިންޓައިނަލް ނުވަތަ ބަނޑާއި ގޮހޮރުގެ މައްސަލަތައް ކުރިމަތިވެދާނެއެވެ. މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސާ ހޮޑުލެވުން، ފާހަނާއަށް ދެވުން، އަދި ސީރިއަސް ހާލަތްތަކުގައި ޑީހައިޑްރޭޝަން ފަދަ މައްސަލަތަކާ ކުރިމަތިލާންޖެހި ހޮސްޕިޓަލްގައި އެޑްމިޓްކުރުން ހިމެނެއެވެ.

މިކަމުގައި ދެން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ، މަގުމަތިވެފައިވާ ބުޅާތަކުގެ ހަށިގަނޑުގައި ނުރައްކާތެރި ކެމިކަލް ހުރުމެވެ. މަގުމަތީގައި ގިނަވެގެން އުޅޭ ބުޅާތައް ކެއުމަށް އެއްޗެހި ހޯދަން ނިކުންނައިރު، ޕެސްޓިސައިޑް ނުވަތަ ރޮޑެންޓައިޑް ނުވަތަ މީދާ ފަދަ ތަކެތި ކައެވެ. މީގައިވާ ވިހަ ކެމިކަލްތައް ބުޅަލުގެ ޓިޝޫތަކުގައި ޖަމާވެ، އެފަދަ ތަކެތި ކެއުމުން ކާނާ ވިހަވުމަށް މަގުފަހިވެއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބުޅާ ކަތިލައި އޭގެ މަހުގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދިނުމަށް ޤާނޫނުތައް ހަދާފައި ހުރެއެވެ. މީގެ ތެރޭގައި ބުޅާފަދަ ޖަނަވާރުތައް އެންމެ ގިނައިން ކައި އުޅުނު ކޮރެއާ، ޗައިނާ ފަދަ ޤައުމުތައް ހިމެނެއެވެ. އެމެރިކާގައިވެސް ބުޅާ ކަތިލައި އޭގެމަސް ވިއްކުމަކީ ޤާނޫނީގޮތުން މަނާކޮށްފައި އޮންނަ ކަމެކެވެ.

ކޮމެންޓް
ހުސެން އިބްރާހިމް
މި މައުލޫގައި އެންމެ މުހިންމީ ބުޅާމަހަކީ ކެއުމަށް ހުއްދަ މަހެއްތޯ ނުވަތަ ނޫންތޯ؟ މި ސުވާލަށް ޖަވާބެއް ލިބުން.
20 Aug 2024
ބުޅާ
ހުރިހާ ވާހަކައެއް ލިއުނުއިރުވެސް ބުޅާ މަސް ހަރާމް ވާހަކަ ނުލިޔެވުނު ދޯ
20 Aug 2024
މަރީ
Predator animals possessing fangs are prohibited (e.g. cats, dogs, bears, lions, wolves). Narrated Abu Tha`laba: Allah's Messenger (ﷺ) forbade the eating of the meat of beasts having fangs (canine teeth).
20 Aug 2024
Mary
ބުޅާ މަސް ނުކާވީ ހަމައެކަނި ތިސަބަބު (ސިއްހީ ގެއްލުން ) ތަކަށްޓަކައެއްނޫން ބުޅާ މަހަކީ އިސްލާމް ދީނުގައި ކެއުން ހަރާމް ތަކެތީގެތެރޭ ހިމެނޭ އެއްޗަކަށް ވާތީ
20 Aug 2024
ހަސަން ތަކުރު
މުަޅި މަޒުމޫނުޚަރާބު!؟ އެއްމެ ސަބަބަކާހުރެ މިތާ އެއްމެން މިތިބީ ހަރާމް ހަލާލުގެ ވާހަކަ ބުނެލާނެ ކަމުގެ އިންތިޒާރުގައި
21 Aug 2024
ގުޅޭ ލިޔުންތައް
13 Jul 2026
ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
13 Jul 2026
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑައިފި، އެކަންކުރި ބަޔަކު ކައުންސިލުން ހޯދަނީ
އަދި ބުނީ ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަަށެވެ.
13 Jul 2026
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
13 Jul 2026
ދިޔާޝް އަށް ހިމަބިހި ޖެހުނު، ނަމަވެސް ނިޔާވީ އެ ބަލީގެ ސަބަބުން ނޫން
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް ހިމަބިހި ޖެހުނީ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
13 Jul 2026
ވެމްކޯގެ ދުވަސްވީ އެންމެ ހިދުމަތްތެރި އެއް މުވައްޒިފު ނިޔާވެއްޖެ
މަސައްކަތުގައި އަޒްހީމްގެ ކިބައިން ފެނުނީ ހީވާގި ކަމާއި މުރާލިކަން ކަމުގައި ބުނެފައިވެ އެވެ. އަޒްހީމްގެ ވަކިވުމުން ފުން ހިތާމައެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
13 Jul 2026
"ރައްޔިތުންގެ އަޑު" ސިލްސިލާ ފަށަނީ، ނަން ނޯޓުކުރަން ހުޅުވާލައިފި
ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
13 Jul 2026
ޕެރޯލަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފަވާ އިރު މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ވަނީ ދޫކޮށްފަ އެވެ.
13 Jul 2026
ކުޅުދުއްފުއްޓަށް ކަރަންޓްދޭން، ފެނަކައިން ކައުންސިލާއެކު އެއްބަސްވުމެއް ހަދާކަށް ނުޖެހޭނެ
ދެފަރާތުން ހުށަހެޅި ކަންތައްތަކަށް ރިޔާއަތް ކުރައްވައި ފަނޑިޔާރުން ވަނީ ފެނަކައިން ހިދުމަތް ދެމުންގެންދަނީ ދިވެހި ސަރުކާރުން އެ ހިދުމަތް ދިނުން އެފަރާތައް ލާޒިމްކޮށްގެން ކަމަށްވާތީ، މައްސަލާގައި އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނެތްކަން ފާހަގަކުރައްވާފައެވެ.