ޓައިވާންގެ ޕިންގްޓުންގްގައި ކުރިއަށްދިޔަ އަސްކަރީ ޑްރިލްއެއްގައި ނޭވީގެ އުޅަނދަކުން ސްޓޭންޑަޑް މިސައިލެއް ފޮނުވާލާ މަންޒަރު -- ފޮޓޯ: ރޮއިޓާސް
ދުނިޔެ
20 Aug 2024 | 22:28
ޓައިވާނުގެ މިސައިލްތަކުގެ ބާރު ދައްކާލައިފި

ޓައިވާނުން އެގައުމުގެ މިސައިލްތަކުގެ ޤާބިލުކަން ދައްކާލުމަށް ނޫސްވެރިންގެ ހާޒިރުގައި ބައެއް މިސައިލްތައް ޓެސްޓްކޮށްފިއެވެ.

މިއަދު ހަނދުނު މި މިސައިލްތައް ޓެސްޓްކޮށްފައިވަނީ މަދުން ނޫނީ ޓެސްޓްތައް ނުކުރާ ޖިއުޕެންގް އަސްކަރީ ބޭސްގައެވެ. މިސައިލް ޓެސްޓްގައި ޓައިވާނުން ވަނީ އެމެރިކާއިން އުފައްދާ ޕެޓްރިއޮޓް މިސައިލަކާއި، ޓައިވާނުން އަމިއްލައަށް އުފައްދާ ސްކައި ބައު 3 މަރުކާގެ މިސައިލްތައް ޓެސްޓްކޮށްފައެވެ. އަދި އައްސޭރިފަށާއި ކައިރީގައި އޮތް މަނަވަރަކުން އާރް.އެމް.އައި-66 ސްޓޭންޑަރޑް މިސައިލެއްވެސް ޓެސްޓަކަށް އުދުއްސާލާފައިވެއެވެ.

ޓައިވާނުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ސުން ލީ-ފަންގް ވިދާޅުވީ ޓެސްޓް މިސައިލްތައް އޭގެ އަމާޒަށް ވާޞިލް ވެފައިވާކަމަށެވެ. އަދި މިއަދުގެ ޓެސްޓްތަކުގެ ބޭނުމަކީ ޓައިވާނުގެ އަސްކަރިއްޔާގެ ސިފައިންނަށް ދީފައިވާ ތަމްރީންތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭތޯ ބެލުމާއި، ޓައިވާނުގެ މިސައިލްތަކުގެ ޤާބިލްކަން ކަށަވަރުކޮށް، ދައްކާލުން ކަމަށެވެ.

މިސައިލްތަކަކީ ޗައިނާއިން ޓައިވާން ހިފަން މަސައްކަތްކޮށްފި ހިނދެއްގައި ޓައިވާނުން ރައްދުގައި ބޭނުންކުރާނެ ހަތިޔާރުގެ ލިސްޓުގެ އެންމެ ކުރީގައިވާ އެއް ހަތިޔާރެވެ. މިއަދު މިސައިލްތައް ޓެސްޓްކުރި ސަރަހައްދުގައި ޓައިވާނުން ވަނީ މިސައިލްތައް އުފައްދާ ޓެސްޓްކުރާ އިދާރާއެއްވެސް ޤާއިމްކޮށްފައެވެ. ސިއު-ފެންގް މިސައިލްގެ ދުރުރާސްތާ މިސައިލްތައްވެސް ޓެސްޓްކުރަނީ މިތަނުގައެވެ. މިއީ ޗައިނާގެ އެތެރޭގެ އަމާޒުތަކަށް ވާޞިލްވެވޭ މިސައިލެއްކަމަށް ޓައިވާނުން ބުނެއެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ޗައިނާއާއި ވަކިނުކުރެވޭނެ، ޗައިނާގެ ޕްރޮވިންސެކެވެ. އެހެންނަމަވެސް ޓައިވާނުން މިނިވަންކަން އިއުލާންކޮށް، ވަކިވެރިކަމެއް ކުރަމުން އަންނަތާ އެތައް އަހަރުތަކެއް ވަނީ ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ