މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.... ފޮޓޯ/ ވޮއިސް
21 Aug 2024 | 17:13
ލޭނު މަސްވެރިކަމަށް ދެވިއްޖެނަމަ އާމްދަނީގެ ގޮތުގައި، ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބޭނެ: ޝިޔާމް

ލޭނު މަސްވެރިކަމަކަށް ދެވިއްޖެނަމަ، އެކަމުން އެކަނިވެސް އާމްދަނީގެ ގޮތުގައި ދައުލަތުގެ ބައިތުލްމާލަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނޭކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން، ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އެ ސިނާއަތުން ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ލޭނު މަސްވެރިކަމަކީ އެކަމުން ރަނގަޅު މަންފާއެއް މަސްވެރިންނަށާއި ދައުލަތަށް ލިބޭނޭ ކަަމެއްކަން މިނިސްޓަރު ވިދާޅުވިއެވެ.  

މަސްވެރިކަމުން އަހަރެއްގެ މައްޗަށް މިހާރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެނީ 90 މިލިއަނެއްހާ ޑޮލަރު، ދިވެހި ރުފިޔާއިން ބަލާނަމަ، 1.3 ބިލިއަން ރުފިޔާއެވެ. މިނިސްޓަރު ސިޔާމް ވިދާޅުވީ މަސްވެރިކަން ސިންދަފާތުކުރުމަށް އަޅާ މި ފިޔަވަޅާއެކު ހަމައެކަނި ލޭނު މަސްވެރިކަމުން އެކަނިވެސް އެންމެ މަދުވެގެންވެސް އަހަރެއްގެ މައްޗަށް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނޭ ކަމަށެވެ

ކޯޓާ އާއި ލައިސަންސްއިން ދައުލަތަށް ލިބޭ އާމްދަނީ، އަދި މި ހުރިހާ ކަމަކުން ލިބޭ އާމްދަނީއަށް ބެލިނަމަވެސް އަޅުގަނޑުމެނަށް އާމްދަނީގެ ގޮތުގައި އެންމެ މަދުވެގެންވެސް އަހަރަކު 1.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ.

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޝީޔާމް ވިދާޅުވީ ރައްޖޭގެ އިޤްތިސާދީ ހާލަތު މިވަގުތު އޮތްގޮތުން ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަދޭން މުހިއްމު ކަމަށެވެ. ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ނިންމުމ ގުޅިގެން މިކަމަށް ފާޑުކިޔަމުންދާ ފަރާތްތަކަށްވެސް ޝިޔާމް ވަނީ ރައްދު ދެއްވާފައެވެ. މިގޮތުން ލޭނުއަޅައިފިނަމަ ވިލާތުގެ ޤައުމުތަކުން ދިނުމަށް ނިންމާފައިވާ އިނާޔަތްތައް ހުއްޓާލާނެކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ އިންޑިއާ ކަނޑުގައި ދިވެހިން ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުން އަންނަތާ އެތައް އަހަރެއް ވީއިރު، ވަކި ލިބުނު މޮޅުތަކެއް ނެތްކަމަށެވެ.

ލޭނުއެޅުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުމެއް ނެތްކަން ފާހަަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ލޭނު އެޅުމަށް ހުއްދަދެނީ ރާއްޖޭގެ ސަރަހައްދާ 100 މޭލުން ބޭރުންކަމަށެވެ. އެހެންކަމުން ފަތުރުވެރިން ރާއްޖޭގެ ކަނޑުފަޅުތަކުން ފެންނަ ދިރުންތައް ނެތިދާނޭކަމަށް ދައްކާ ވާހަކަތަކުގެ އަސްލެއް ނެތްކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ލޭނުއެޅުމުގެ ކަންކަން މޮނިޓަރ ކުރުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދާނޭކަމަށާއި، މިކަމުގެ ތެރެއިން ވަގުވިޔަފާރިއަށް ފަހިވާ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މީގެ ކުރިން 2012 ވަނަ އަހަރު ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ދީފައި އޮތްނަމަވެސް ނިމިގެންދިޔަ އެމްޑީޕީ ވެރިކަމުގައި 2019 ވަނަ އަހަރު ވަނީ ލޭނުގެމަސްވެރިކަމުގެ ހުއްދަ ބާތިލްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.