އެމްޑީޕީ ޤައުމީ މަޖިލީހުގެ ތެރެއިން... ފޮޓޯ/އެމްޑީޕީ
ހަބަރު
21 Aug 2024 | 22:42
އާބަން ޑިވެލޮޕްމަންޓު ބިލުން މުޅި ލާމަރުކަޒީ ނިޒާމް މަރާލާނެ: ފައްޔާޒު

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލަކީ މުޅި ލާމަރުކަޒީ ނިޒާމް މަރާލާނެ ބިލެއްކަމަށް އެންމެބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މި ބިލްގައި ކަނޑައަޅާފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ކައުންސިލަރުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. މިގޮތުން އާބަން ސެންޓަރުގެ ބައެއް ކަންކަމަށް ސަރުކާރުގެ ބާރުފޯރުވޭގޮތަށް މި ބިލްގައި ހިމަނާފައިވާކަން ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އަދުގެ ސަރުކާރުން ގެންގުޅެނީ މުޅި ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލުމުގެ ވިސްނުމެއް ކަމަށެވެ. ސަރުކާރުގެ އަމަލުތަކުން މިކަން ވަރަށް ރަނގަޅަށް ފެނި ސާފުވާކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ހުށަހެޅިފައިވާ އެ ބިލަކީ ހަގީގަތުގައި މުޅި ލާމަރުކަޒީ ނިޒާމު މަރާލާނެ ބިލެއް. 

ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ބިލްގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން މީގެ ކުރިން އެމްޑީޕީ ސަރުކާރުން ކައުންސިލަރުންނަށް ދީފައިވާ ބައެއް ބާރުތައް ގެއްލިގެންދާނޭކަމަށެވެ. މިގޮތުން މާލީ ބާރުވެރިކަމާއި، އިގްތިސާދީ ކަންކަން ބައްޓަންކުރުމުގެ ބާރުތައް ނެތިގެންދާނޭކަމަށެވެ. 

ފައްޔާޒު ވިދާޅުވީ މި ބިލާބެހޭގޮތުން ރައްޔިތުންނާ ހިސާބަށް ދާންޖެހޭ ކަމަށާއި، ސަރުކާރުން މި ބިލަށް ގެންނަން އުޅޭ ބަދަލުތައް ހުއްޓުވަންޖެހޭކަމަށެވެ. މިއީ މި ސަރުކާރުން ޑިމޮކްރަސީއަށް ދޭ ހަމަލާތަކުގެ ތެރެއިން ނުރައްކާތެރި ހަމަލާއެއްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އާބަން ޑިވެލޮޕްމަންޓް ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.