ފޮޓޯ/ވޮއިސް
ހަބަރު
22 Aug 2024 | 09:08
ތިލަފުށީގައި ހުރި ވަރކްޝޮޕެއް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކ.ތިލަފުށީގައި ހުންނަ މެރިންޑޯ ކުންފުނީގެ ވަރކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެތަނުގައި އަލިފާން ރޯވީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އެތަނުގައި ވަނީ ވަރަށްބޮޑަށް އަލިފާންރޯވެ ދަނީ އަނދަމުންނެވެ. އަލިފާންގަނޑު އެ ސަރަހައްދުގައި ހުރި އެހެން ތަންތަނަށްވެސް ފެތުރެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން އެތަނުގައި ހުރި މީހަކު ބުނީ، ރޯވި ވަރކްޝޮޕަކީ ލޭތްކުރުމާއި ދަނގަޑުގެ އެކި މަސައްކަތްތައް ކުރާ ތަނެއް ކަމަށެވެ. އެތަނަކީ މީހުންވެސް އުޅޭ ތަނެކެވެ.

ހާދިސާ ހިނގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންވެސް އެތަނުގައި މީހުން އުޅުނުކަމަށް ވެއެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފާއި އާއްމުންގެ އެހީތެރިކަމާއެކުގައެވެ.

ތިލަފުށީގައި ހުންނަ މެރިންޑޯ ވަރކްޝޮޕްގައި ރޯވެ އަނދަނީ... ފޮޓޯ/ ވޮއިސް

މި ހާދިސާގައި އެކަކަށް ވަރަށްބޮޑަށް ދުމުގެ އަސަރުކޮށްގެން ވަނީ ފަރުވާ ހޯދާފައެވެ.

ތިލަފުށީގައި ހުންނަ މެރިންޑޯ ވަރކްޝޮޕްގައި ރޯވެ އަނދަނީ... ފޮޓޯ/ ވޮއިސް

މި ހާދިސާގައި ވަރކްޝޮޕް އަނދައިގެންގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.