ދާހިލީ ވަޒީރު، އަލީ އިހްސާން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި..
ހަބަރު
22 Aug 2024 | 16:27
މަސާޖު ޕާލާތައް ބަލާފާސްކުރުމުގެ އުސޫލަށް ބަދަލެއް

މަސާޖްޕާލާގެ ނަންނަމުގައި ހިންގަމުންދާ ތަންތަން ބަލާފާސްކުރުމުގައި ގެންގުޅޭ އުސޫލު މިއަދުން ފެށިގެން ހަރުދަނާކޮށްފައިވާކަމަށް ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޤަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ހޯދުމަށް މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި ސަރުކާރުގެ ތިން ވުޒާރާއެއް ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، މަސާޖް ޕާލާގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަން ބަލާފާސްކުރުމުގެ އުސޫލު މިހާރު ބަދަލުކޮށްފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މަސާޖު ޕާލާ ތަކުގައި ހަށިވިއްކުމުގެ އަމަލުތައް ހިންގާކަން ފާހަގަވެއްޖެނަމަ މިހާތަނަށް އަމަލުކުރަމުން އައިގޮތަކީ އެތަންތަނުގައި މަސައްކަތްކުރާ މީހުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްގެން މައްސަލަ ބެލުން ކަމަށެވެ. ނަމަވެސް ދެން ހަށިވިއްކާ ތަނެއްކަން އެނގިއްޖެނަމަ، އެތަނެއް ހިންގަމުންއައި ހުއްދަ ހިފަހައްޓާނޭކަން މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭގައި ސްޕާގެ ވިޔަފާރި ހިންގުމުގެ ހުއްދަ ދީފައި ނުވާނޭކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގެ އެއްވެސް ތަނެއްގައި މަސާޖް ޕާލާ ހިންގުމުގެ ހުއްދަ ދީފައެއް ނޯންނާނެ

ދިފާއީ ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބިދޭސީން ލައްވައި ޤަވާއިދާ ހިލާފަށް މަސައްކަތް ކުރުވާނަމަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވާނޭ ކަމަށެވެ. އަދި މިފަދަ ވިޔަފާރިތައް ހިންގާ ދިވެހިންނާމެދުވެސް ފިޔަވަޅު އަޅާނޭކަމަށާއި، ގަވައިދާ ހިލާފަށް މަސައްކަތްކުރާކަން ފާހަގަވާނަމަ އެތަނަކަށް ވަދެ އެމީހުން ހައްޔަރުކުރުމުގެ އިތުރުން މީގެފަހުން ނިކުންނާނީ ތަންވެސް ބަންދުކޮށްފައިކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.