އަންސަރު އަދި ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ)
ހަބަރު
24 Aug 2024 | 12:40
އަންކޮ ބުނީ، ދިވެހިންގެ ފަޚުރަކަށްވީ ބޯޅަ ލަދަކަށްވެ, ފަކުރަކަށް ވެއްޖެކަމަށް

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިވަގުތު އޮތްގޮތާއި، ދާ މިސްރާބު އެންމެނަށްވެސް އެނގެއެވެ. އެކަން އެހެން އޮއްވައި ރާއްޖޭގެ ޒުވާން ފުޓްބޯޅަޓީމް އެންމެފަހުން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ބޫޓާން އަތުން ބަލިވުމާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާމެދު އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެގެން ދިޔައެވެ. މި ސަރަހައްދުގެ ފުޓްބޯޅައަށް ބަލާއިރު، ބޫޓާން އަތުން ރާއްޖެ ބަލިވުމަކީ އެއްވެސް ދިވެއްސަކު ގަބޫލުކުރާނޭ ކަމެއް ނޫނެވެ.

ބޫޓާން އަތުން ބަލިވި މެޗަށްފަހު، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ބެހޭގޮތުން ކުރީގެ އެއްވަނަ ޒުވާން ކުޅުންތެރިޔާ އަންސަރު އިބްރާހީމް (އަންކޮ) މިވަނީ އޭނާގެ ޝަކުވާތައް ސޯޝަލް މީޑިއާއަށް އޮއްސާލާފައެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބުއެއް ކުޅުންތެރިޔާގެ ގޮތުގައި ފެނުނު އަންކޮ ބުނީ ބޫޓާން އާ އެކު މި ފަހުން ކުޅުނު މެޗްތަކުގެ ނަތީޖާތަކަށް ބަލައި ރާއްޖޭގެ ފުޓްބޯޅައިގެ މިސްރާބް ކުރިއަށްދާގޮތް ވަރަށް ސާފުކޮށް އެނގޭކަމަށެވެ.

ތިންވަނަ ފަހަރަށް ބޫޓާންގެ އަތްދަށުވީއެވެ. 2017 ވަނަ އަހަރު 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި 1-0 އިން ބަލިވެ، 2019ގެ ސައުތް އޭޝިއަން ގޭމްސްގައި 23 އަހަރުން ދަށުގެ ޓީމް ސީނިއަރ ތިން ކުޅުންތެރިންނާއެކު 2-1 އިން ބަލިވެ، 2024 ވަނަ އަހަރު 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި 2-1 އިން ބަލިވީ ދެވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ބޫޓާން ކުޅެގެންނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. "ޓުވާރޑްސް ފިއުޗަރ" ވަރަށް ސާފުވެއްޖެއެވެ. އެއާއެކު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތު ސާފްވެއްޖެ

އަންކޮގެ ޕޯސްޓްގައި ބުންޏެވެ.

އަންކޮ ފޭސްބުކްގައި ކުރި މި ޕޯސްޓްގައި އޭނާ ވަނީ ރައްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު ވަރަށް ރީއްޗަށް ސިފަކޮށްދީފައެވެ. މިގޮތުން ދިވެހި ފުޓުބޯޅަ މިއަދު އޮތް ހާލަތުން ލީގުގެ ވާހަކަ ކްލަބުތަކަށް ދެއްކެން ނެތްއިރު، ވާދަވެރި މެޗްތަކެއް ލިބެން ނެތްއިރު، ބޮޑު މުބާރާތަކަށް ދިއުމުގެ ކުރިން ޓީމުގެ ފެންވަރު ދެނެގަންނާނެ ރަނގަޅު ގޮތެއްވެސް ނެތްކަމަށް އަންކޮ ބުންޏެވެ. ކްލަބްތަކަށް އެހީވާން އޮތް އިދާރާ، އެފްއޭއެމް ކޯމާގައި އޮތްއިރު، މިހާރު އޮތް ހަމައެކަނި ގޮތަކީ އަމިއްލަ ހާލައިގެން އެ ކްލަބެއް އުޅުންކަމަށް އޭނާ ބުންޏެވެ.

" ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ބޯޅައަށް އިހުމާލު ވެފައިވާ މަންޒަރެވެ. "ޓުވާރޑްސް ފިއުޗަރ" އަންބާ ކިޔަކިޔައި އޮއްވާ ބޮޑު ޖީލެއް ހަލާކުވެ ދަނީއެވެ. އެ އަންބާގައި އަޅުގަނޑު ފަދަ އެތައް ޒުވާނެއްގެ އުންމީދުތައް ފައި ދަށުލީއެވެ. އެ އަންބާގައި ދިވެހި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ޢާއިލާވެސް ޙާލުގައި ޖެއްސީއެވެ. އެ އަންބާގައި ދިވެހި ކުޅުންތެރިން ދިރިއުޅެން އެހެން ގޮތްތައް ހޯދަން މުޖުބޫރު ކުރުވީއެވެ. އެ އަންބާގައި ބޫޓާން އަތުން ތިންބުރަށް ބަލިވެ ތިންފަށްވީއެވެ.

އަންކޮ ބުނީ ފުޓްބޯޅައިގެ ހާލަތު މިއަދު މިހާހިސާބަށް އާއިރު، މިކަން ކުރި މީހަކު ނުވަތަ ބަޔަކު އުޑު ބަޅުކުރެއްވި ހިސާބުގައިވެސް ނެތްކަމަށެވެ. މިކަން މިހާހިސާބަށް އާއިރު، މި ގޯހުގައި މުޅި ބޯޅަ ޢާއިލާ ވެސް ތިބީ އަތްއުރާލައިގެން، ކޮނޑުހުޅު ނެއްޓޭވަރަށް ދަންދެން އަތްޖަހަން ކަމަށެވެ. އެ އަންބާގައި މުޅި ބޯޅަ ޢާއިލާ ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ބައިވެރިވިއިރު، އެކަމުން ބައެއްގެ އަންބޮނޑި ވެސް ބޮޑުވެގެން ދިޔަކަމަށް އަންކޮ ވަނީ ތުހުމަތުކޮށްފައެވެ.

އަންކޮގެ ޕޯސްޓް ނިންމާލަމުން އޭނާ ބުނެފައިވަނީ، ފުޓްބޯޅަ ކުރިއަރުވަން ބޭނުންވަނީ ތެދުވެރި އިޚްލާޞްތެރި  ބޯޅަ ދެކެ ދިވެހިން ވާ ލޯބި އިޙްސާސްކުރެވޭނެ ބައެއް ކަމަށެވެ. އެކަމަށް އިޙްތިރާމް ކުރަން ދަންނަ، އިޙްތިރާމް ކުރާނެ ބައެކެވެ.

ބޭނުންވަނީ ދުރުރާސްތާ ރަނގަޅު ޕްލޭންއަކާއި އެއަށް ޚާލިޞް ހިތަކުން މަސައްކަތް ކުރާނެ ބައެކެވެ. ބޭނުންވަނީ އަމިއްލަ އެދުން ދޫކޮށް، ދިވެހިންނާއި ދިވެހި ކުޅުންތެރިންގެ ފުޓުބޯޅައިގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ބައެކެވެ. ބޭނުންވަނީ ދިވެހި ފުޓުބޯޅަ އާ ހަރުފަތަކަށް ގެންގޮސްދޭނެ ބައެކެވެ. ބޭނުންވަނީ ދިވެހިންގެ ފުޓުބޯޅައަށް ގައްދާރު ނުވާނެ ބައެކެވެ. ބޭނުންވަނީ ދިވެހި ފުޓުބޯޅަ ހިންދެމިލައި، ކުރިއަރައިގެން ދާނެ ދުވަހެކެވެ

އަންކޮގެ ވާހަކަ ނިންމާލަމުން ބުނެފައި ވެއެވެ.

އެޑިޓަރ ނޯޓް: އިންޓަރ ސްކޫލް މުބާރާތްތަކުން ވިދާލި އަންސަރު އިބްރާހީމް އަކީ ޔޫތް ލެވެލްގައި ގަލޮޅު ދަނޑުން ފެނުނު އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ކްލަބް އީގަލްސް އިން ކެރިއަރުފެށި އަންކޮ ވަނީ ކްލަބް ވެލެންސިއާ، އަދި ގްރީން ސްޓްރީޓް، އަދި ޒުވާން ޓީމަށްވެސް ކުޅެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Apr 2026
ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދެވޭނެ
އީރާނުން ސައުދީ އަރަބިއްޔާގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން މެދުކެނޑުނު މަސައްކަތްތައް އަލުން ފަށައި، ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފިއެވެ.
15 Apr 2026
އީރާނުގެ ކަނޑުގެ ވިޔަފާރިތައް އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާއިން ބުނެފި
އީރާނުގެ ބަނދަރުތައް އެމެރިކާގެ އަސްކަރިއްޔާއިން ބަންދުކޮށް، އެ ގައުމުގެ ކަނޑުގެ މަގުން ކުރާ ހުރިހާ ވިޔަފާރި މުއާމަލާތްތަކެއް އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފިއެވެ.
14 Apr 2026
ބައި އިލެކްޝަންގައި ވާދަކުރާނެ ކަމަށް ސިނާން އިއުލާނު ކޮށްފި
ސިނާން މިރޭ ވިދާޅުވީ އޭނާ ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރާނެ ކަމަށެވެ. މެންބަރުންގެ ތާއީދަށް ވެސް އެދިފައިވެ އެވެ.
14 Apr 2026
އެމެރިކާއިން ހޮރްމޫޒް ބަންދުކޮށްފައި ވަނިކޮށް ރަޝިޔާގެ ޚާރިޖީ ވަޒީރު ޗައިނާއަށް
14 Apr 2026
ބަންޑާރަ ނާއިބަކީ އުޝާމް، ޑިފެންސާއި ފިޝަރީޒަށް ވަޒީރުން އައްޔަނުކުރާނެ
އެއީ ޑިފެންސް މިނިސްޓަރު ކަމަށާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރެވެ. އެ ދެ މަގާމަށް އައްޔަނު ކުރައްވާނީ ކޮން ބޭފުޅުންނެއް ކަމެއް ސާފެއް ނުވެ އެވެ.
14 Apr 2026
ވަޒީރުންގެ މަޖިލީސް 15އަށް ކުޑަކޮށް 12 ވަޒީރުން ހުވާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.
14 Apr 2026
ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ކަމަށް ގީލާ އައްޔަނު ކުރައްވައިފި
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މަޤާމަށް ގީލާ ޢަލީ އައްޔަންކުރައްވައިފި އެވެ.
14 Apr 2026
އާޓްސް، ކަލްޗާ އެންޑް ހެރިޖޭޓް މިނިސްޓަރު ކަމަށް ހީނާ ވަލީދު އައްޔަނު ކުރައްވައިފި
މިނިސްޓްރީ އޮފް އާޓްސް, ކަލްޗާ އެންޑް ހެރިޖޭޓްގެ މަގާމަށް ހީނާ ވަލީދު އައްޔަނު ކުރައްވައިފި އެވެ.