ޒީނާ ޒާހިރު
ހަބަރު
24 Aug 2024 | 16:22
ޕީއެސްއެމްގެ އެމްޑީ، ޒީނާ އިސްތިއުފާދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި ޒީނާ ޒާހިރު، މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޕީއެސްއެމްގެ އެމްޑީކަމުން ޒީނާ އިސްތިއުފާ ދެއްވިކަން އެތަނުގެ ސީނިއާ ބޭފުޅަކު ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ޒީނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޒީނާ އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. 

ޕީއެސްއެމްގެ އެމްޑީކަމުގެ މަޤާމާ ޒީނާ ހަވާލުވުމަށްފަހު ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަކީ އެތަނަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތައްކަމަށް މައުލޫމާތު ލިބެއެވެ. ޕީއެސްއެމުން އެކި ފަރާތްތަކަށް ދަރާފައިވާ ދަރަނީގެ އަދަދު އުޅެނީ 260 މިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

ޕީއެސްއެމުން ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، ބައެއް ފަރާތްތަކުން ވަނީ އެކުންފުންޏާ ދެކޮޅަށް މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މިގޮތުން ޕީއެސްއެމުން ލިބެންޖެހޭ ފައިސާ ނުލިބިގެން ބައެއް ފަރާތްތަކުން ޕީއެސްއެމަށްވަދެ، އެމްޑީއަށް އިންޒާރުދިން މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޕީއެސްއެމަށް އައުމުގެ ކުރިން ޒީނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަންވެސް ކޮށްފައެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހައްދަވާފައިވާއިރު، ޒީނާ ނޫސްވެރިކަމަށް ނިކުންނަވާފައިވަނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. 

ކޮމެންޓް
މުހައްމަދު
ރާއްޖޭގެ އާބާދީ ދަށްވަމުންދާއިރު ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދު ކޮށްގެން އުފައްދާފައިވާ ތައުލީމީ ޒުވާނުން އެއްވެސް ރޭވުންތެރިކަމެއް ނެތްބައެއްގެ ސަބަބުން ގެއްލިގެންދަނީ.
24 Aug 2024
ގަރުދިޔަ ވަ
ދެން ކޮންމެވެސް ތަނެއްގެ ސްޓޭޓްމިނިސްޓަރުކަންދޭނި
25 Aug 2024
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.