ރަޖަނީ ޝްރެސްތާ
ހަބަރު
24 Aug 2024 | 18:31
ގަވައިދާ ހިލާފްވުމުން, މަޝްހޫރު ރިޓްޒް ސެލޫންގެ ވެރިޔާ ރަޖަނީ ޑީޕޯޓްކޮށްފި

މާލޭގައި ހިންގަމުން އަންނަ ބިއުޓީ ސެލޫނެއް ކަމަށްވާ ރިޓްޒް ބިއުޓީ ސެލޫންގެ ވެރިޔާކަމަށް ފާހަގަކުރެވިފައިވާ ރަޖަނީ ޝްރެސްތާ ރާއްޖެއިން ޑީޕޯޓްކޮށްލައިފިއެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން އެ ތަން ބަލައި ފާސްކޮށްފައިވާކަމަށެވެ. އެ ސެލޫން ބަލައި ފާސްކޮށްފައިވަނީ، މިހިނގާ އޮގަސްޓްމަހުގެ 14 ވަނަ ދުވަހުއެވެ. އިމިގްރޭޝަނުް ބުނެފައިވަނީ، ރަޖަނީ ޝްރެސްތާއަކީ ރާއްޖޭގައި ޤަވައިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ހިދުމަތް ދެމުން އަންނަ ފަރާތެއް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ޝްރެސްތާއަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އައި މީހެއްކަން ފާހަގަކުރެވިފައިވާކަމަށެވެ.

މި ބިދޭސީފަރާތާއި އޭނާގެ 04 ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، 2024 އޮގަސްޓު 13 ވަނަ ދުވަހު މި ފަރާތްތައް ވަނީ ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފަ

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓްގައި ބުންޏެވެ.

ނޭޕާލަށް ނިސްބަތްވާ ރަޖަނީ ވަނީ 2020 ވަނަ އަހަރު އިސްލާމްވެސް ވެފައެވެ. އިސްލާމް ވުމަށްފަހު އޭނާއަށް ކީ ނަމަކީ އައިޝަތު ރިޒްގިންއެވެ. ދިވެހިންގެ މެދުގައި އޭނާ މަޝްހޫރުވީ ލިބޭ އާމްދަނީން ނޭޕާލްގައި އުޅޭ ޔަތީމް ކުދިންނަށް އެހީވުމަށް ހިންގި ޕްރޮގްރާމްތަކުންނެވެ.

ޤަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން ވިސާ ނެތި ވިޔަފާރިކުރަމުންދިޔަ ގިނަ އަދަދެއްގެ މީހުން ވަނީ އަތުލައިގަނެ ޑީޕޯޓްކޮށްފައެވެ.

ކޮމެންޓް
އަމާނާ
ޑީޕޯރޓުކޮށްލި އިރު މިލިއަނަރެއް. އައީ ހުސްއަތާ .
24 Aug 2024
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.