އިމިގްރޭޝަނުން ހ. ބިއަންކާގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން:ފޮޓޯ/ އިމިގްރޭޝަން
ހަބަރު
26 Aug 2024 | 14:47
މުޑުދާރު ބަދިގެއަކުން 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާތަނަކުން 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއްނެތި ވިޔަފާރި ކުރަމުންދާކަމުގެ މައުލޫމާތު ޓާސްކް ފޯސްއަށް ލިބުމާގުޅިގެން، 2024 އޮގަސްޓު 24 ވަނަ ދުވަހު ހ. ބިއަންކާ ބަލައި ފާސްކުރިކަމަށެވެ.

މި ތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި ތަނުގައި ކުރަމުންދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާކަމަށް އިމިގްރޭޝަންއިންވަނީ ބުނެފައެވެ.

މީގެ އިތުރުން މި ރެއިޑުގައި ވެސް ކަމާގުޅުންހުރި އިދާރާތަކުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މީގެ ތެރޭގައި ފުލުހުންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.