އިންގްލެންޑް ޤައުމީޓީމްގެ ކުރީގެ ކޯޗް އެރިކްސަން... ފޮޓޯ/ ގެޓީ
26 Aug 2024 | 16:50
އިންގްލެންޑް ޤައުމީޓީމުގެ ކުރީގެ ކޯޗް އެރިކްސަން ކެންސަރުބަލީގައި މަރުވެއްޖެ

އިންގްލެންޑް ޤައުމީ ފުޓްބޯޅަޓީމުގެ ކުރީގެ ކޯޗް ގޯރާން އެރިކްސަން މަރުވެއްޖެއެވެ.

އިނގިރޭސި މީޑިއާތަކުން ބުނީ އުމުރުން 76 އަހަރުގެ އެރިކްސަން މަރުވެފައިވަނީ, މިއަދު ހެނދުނުގެ ވަގުތެއްގައި ގޭގައި ކަމަށެވެ. އެރިކްސަން މެރުވީ ކެންސަރު ބައްޔަށް ފަރުވާކުރަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ. އެރިކްސަން ފަރުވާހޯދަމުން ދިޔައީ ފުއްޕާމޭގެ ކެންސަރަށެވެ.

ސްވިޑެންއަށް އުފަން އެރިކްސަން އަކީ އިނގިރޭސި ޤައުމީޓީމްގެ ކޯޗް ކަމާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗެވެ. އެރިކްސަންގެ ކުރިން އިނގިރޭސި ޓީމަށް ކޯޗްކަން ކޮށްދީފައިވަނީ މުޅިންވެސް އިނގިރޭސިންނެވެ.

އެރިކްސަންގެ ކޯޗްކަމުގައި އިނގިރޭސިން ވަނީ 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށް މުހިއްމު މުބާރާތްތަކުގެ ކުއާޓާފައިނަލުގައި ކުޅެފައެވެ. 

އެރިކްސަން ވަނީ ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަސް ކޯޗްކަންކޮށްދީފައެވެ. މީގެ ތެރޭގައި ބެންފީކާ، މެންޗެސްޓަރސިޓީ، ލާޒިއޯ، ރޯމާ، އަދި ފިއޮރެންޓީނާ ހިމެނެއެވެ. މި ޓީމްތަކާއެކު އޭނާ ވަނީ ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައެވެ. މީގެ އިތުރުން އެރިކްސަން ވަނީ މެކްސިކޯ އަދި އައިވަރީ ކޯސްޓްގެ ހެޑްކޯޗުގެ މަގާމު އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.