ފިޝަރީޒް މިނިސްޓަރު ޝިޔާމް...
ހަބަރު
26 Aug 2024 | 21:22
ބޭންކް އޮފް މޯލްޑިވްސްއިން އިއްޔެ އިދިކޮޅު ފަރާތްތަކާ ގުޅިގެން އުޅުނީ ބަގާވާތެއްކުރަން: ޝިޔާމް

ޤައުމީ ބޭންކުން އިއްޔެ އިދިކޮޅު ސިޔާސީފަރާތާ ގުޅިގެން އިއްޔެ އުޅުނީ ބަގާވާތެއްކުރަންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ ވަނީ ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލައި، ކްރެޑިޓް ކާޑުގެ ލިމިޓް 100 ޑޮލަރަށް ދަށްކޮށްފައެވެ. ނަމަވެސް ބީއެމްއެލުން ފަހުން ވަނީ މަރުކަޒީ ބޭންކުގެ އިރުޝާދާ އެއްގޮތަށް އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.

ޕީއެންސީ ޖަގަހައިގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ދިވެހި ޤައުމީ ބޭންކުން އިއްޔެ އިދިކޮޅު ސިޔާސީފަރާތްތަކާ ގުޅިގެން ބަގާވާތެއް ކުރުމަށް މަސައްކަތްކޮށްފައިވާކަމަށެވެ. ރޭވިގެން ހިންގަން އުޅުނު މި ބަގާވާތް ނާކާމިޔާބުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަމުގެ ސަބަބުންކަމަށާއި، އެނގިގެން މި ދިޔައީ ރައީސް މުއިއްޒުއަކީ ކޮންމެފަދަ ކަމަކާ ކުރިމަތިލައްވަން ޖެހުނު ނަމަވެސް ސާބިތުކަމާއެކު ކުރިއަށްދާނޭ ލީޑަރެއްކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން ހިންގަން އުޅުނީ މާލީ ބަގާވާތެއް ކަމަށާއި މިއީ ވަރަށްބޮޑަށް ރޭވިގެންދިޔަ ކަމެއް ކަމަށެވެ. ދިވެހި ރައްޔިތުންގެ ޕާޓީ ނަމުގައި އިދިކޮޅުން ކުރަން އުޅޭ ކަންކަމުގެ ނިޔަތް ރަނގަޅުނޫންކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެ ބޭފުޅުންގެ އަމަލުތައް އެގޮތަށް ހުރީތީވެ ހިތާމަކުރާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.