ޓިކްޓޮކް..
26 Aug 2024 | 21:36
ޓިކްޓޮކްގައި ރާއްޖެޓީވީގެ ނޫސްވެރިޔާއަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

ގިނަ އަދަދެއްގެ ދިވެހިން ބޭނުން ކުރަމުންދާ ޓިކްޓޮކް ތެރޭގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ލައިސާ އަހުމަދަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ޓިކްޓޮކްގައި އުޅެމުންދާ ބައެއް މީހުންގެ ފަރާތުން ނޭދެވޭ ކަންކަން ހުރިކަން ފާހަގަކޮށް ލައިސާ ލިޔުނު ރިޕޯޓަކާ ގުޅިގެން ޓިކްޓޮކްގައި އޭނާއަށް އިންޒާރުދިން މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ. ލައިސާ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ، ހޯމަދުވަހުއެވެ. 

ޓިކްޓޮކް ބޭނުންކުރާ ބައެއް މީހުންގެ ފަރާތުން އިޖުތިމާއީ ނޭދެވޭ ބައެއްކަންކަން ފެންނަމުންދާކަން ރިޕޯޓްކޮށް ލައިސާ ލިއުނު ލިޔުމަކާ ގުޅިގެން ޓިކްޓޮކްގައި ދިވެހި ދެ ފިރިހެނަކު ވަނީ ލައިސާއަށް ފުރައްސާރަކޮށް އިންޒާރުދީފައެވެ. އެމީހުން ވަނީ ލައިސާގެ ފޮޓޯ ބޭނުންކޮށްގެން އޭނާ އާ ގުޅޭގޮތުން އާއްމު ތަންތަނުގައި ދައްކަން ނުވާވަރުގެ އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފްވާފަދަ ބަސްތައް ބޭނުންކޮށްގެން ވާހަކަދައްކާފައެވެ.

މިކަމާ ގުޅިގެން ނޫސްވެރިޔާ ލައިސާވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ލައިސާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއާ ގުޅޭގޮތުން ސާބިތު ނުހިފޭ، އަދި އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ހުތުރުކަންބޮޑު ފާފަތައް އޭނާގެ ބޮލުގައި އަޅުވާފައިވާތީވެ އެ މައްސަލަތައް ފުލުހަށް ހުށަހަޅާނޭ ކަމަށެވެ.

ދިވެހިންގެ މެދުގައި ޓިކްޓޮކް އާއްމުވެފައިވާއިރު، އެކަމުގެ ތެރޭގައި ބައެއް މީހުން އިޖުތިމާއީ މިންގަނޑުން ބޭރުވެ، ހިންގަމުންގެންދާ ކަންތައްތަކާމެދު ކަންބޮޑުވާކަމަށް ގިނަ އަދަދެއްގެ މީހުން އަންނަނީ ބުނަމުންނެވެ. މީގެ ތެރެއިން ބައެއް މީހުންގެ މައްސަލަތައް ފުލުހުން މީގެ ކުރިންވެސް ބަލައި ތަހުގީގުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.