އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން...
ހަބަރު
27 Aug 2024 | 16:37
ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބޭރުގެ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މާލީ އިދާރާގެ އިތުބާރު ގެއްލިއްޖެ: އަމީރު

ރުފިޔާ ކާޑަށް ބޭރުފައިސާގެ މުއާމަލާތްކުރުން ހުއްޓާލުމަށް ނިންމި މައްސަލައާ ގުޅިގެން މި ހިނގާދިޔަ ކަންތައްތަކުގައި ސަރުކާރުގެ އަމަލުތައް މިހާތަނަށް ފެނިގެންދިޔައީ، ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލޭގޮތަށްކަމަށް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަލީ އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލޭގޮތަށް ސަރުކާރުގެ އަމަލުތައް މިއަދު ހުރީތީ، އެމްޑީޕީން ކަންބޮޑުވާ ކަމަށާއި، ހައްސަކޮށް ޤައުމީ ބޭންކާ ގުޅުވައިގެން ފަތުރަމުންދާ ވާހަކަތަކާމެދު ނިހާޔަތަށް ކަންބޮޑުވާކަމަށެވެ.

އަމީރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން މާލީ ބަގާވާތެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ވާހަކަދެއްކެވުމަކީ އެކަމުގެ ސަބަބުން ހީވެސް ނުކުރާފަދަ ހާލަތަކަށް ރާއްޖޭގެ އިޤްތިސާދުގެ މިސްރާބު ހިނގައިދާނޭ ކަމެއް ކަމަށެވެ. އެކަމަކީ ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ ޤައުމީ ބޭންކަށް ކުރާ އިތުބާރު ގެއްލިގެންދާނޭ ފަދަ ކަމެއްކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ. އަމީރު ވިދާޅުވީ ގަވަރުނަރު ބަދަލުކުރުމާ މިބާވަތުގެ ކަންކަމަކީ އިގްތިސާދީ ހާލަތު އޮތްގޮތުން މިވަގުތައް ކުރަން ހެޔޮނުވާވަރުގެ ކަންކަން ކަމަށެވެ.

އިގްތިސާދުގެ އެންމެ މުހިއްމު އެކެއްޗަކީ ކޮންފިޑެންސް. ބޭންކުގެ އިތުބާރު ގެއްލޭގޮތަށް ވާހަކަދެއްކުމަކީ އަޅުގަނޑުމެންގެ މާލީ ނިޒާމުގެ އިތުބާރު ގެއްލޭނޭ ކަމެއް.އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ ޕީއެންސީ ހަރުގޭގައި މިހާރު ވާހަކަދައްކަނީ ޕީއެންސީގެ ރައީސެއްނޫންކަން. އެއީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ

އަމީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ފެނިގެންމިދިޔައީ ސަރުކާރުގެ ތެރޭގައި އޮންނަންޖެހޭ ގުޅުންތައް  އެއްވެސް ވަރަކަށް ނެތް މަންޒަރު ކަމަށާއި، އެތައް ގޮތަކުން ވިސްނިނަމަވެސް މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

ޝާހިދު ވިދާޅުވީ ސްކޭމްތަކާ އެނޫންވެސް ކަންކަމާ ގުޅިގެން މިއަދު ރައްޔިތުންގެ މެދުގައި ޤައުމީ ބޭންކާމެދު އޮންނަ އިތުބާރާމެދު ސުވާލު އުފެދިފައިވާކަމަށެވެ.  އެފަދަ ވަގުތެއްގައި ޤައުމުގެ ރައީސާ، ވަޒީރުންނާ ނިކުމެ ބޭންކްގެ ސީއީއޯ އިސްތިއުފާ ދޭންޖެހޭނޭކަމަށް ވިދާޅުވުމަކީ ޤައުމިއްޔަތަށް ހުރި ގެއްލުމެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.

ރާއްޖޭގެ ވަލިއްޔުލްއަމްރު ނިކުމެ ވަޑައިގެން މި ދަންނަވަނީ އެބަ ބަގާވާތެއްކުރެޔޭ. އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ އެ ބޭންކުގެ އެންމެބޮޑު ހިއްސާދާރަކީ ސަރުކާރު. ސަރުކާރުގެ ކޮންޓްރޯލް އޮތް ބޭންކަކުން ސަރުކާރާ އިދެކޮޅަށް ބަގާވާތެއްކުރާކަން އެންމެ މަތީ ވެރިޔަކު ވިދާޅުވާ ހިސާބުން ނުރައްކަލަށް އެ ފުރޮޅިގެން އެދަނީ ހަމައެކަނި އެ ބޭންކުގެ ޗީފް އެގްޒެކްޓިވް އޮފިސަރެއް ނޫން. ބޭންކުގެ ބޯޑު މެމްބަރުންނެއްނޫން. މިއަދު އެ ބޭންކުގައި ވަޒީފާ އަދާކުރާ ހުރިހާ މުއައްޒަފުންނާ ދިމާލަށްވެސް އެ ދިއްކުރެވެނީ ވަރަށް ވަރުގަދަ އިނގިއްޔެއް. ބޭންކްގަ މަސައްކަތްކުރާ ހުރިހާ މުއައްޒަފުން އެ ފުރޮޅާލެވެނީ ވަރަށްބޮޑު ނުރައްކަލަކަށް.

ޝާހިދު ވިދާޅުވިއެވެ.

ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުމުގައި ބޭންކުން ނިންމި ނިންމުމަށް ސަރުކާރުން އަމަލުކުރިގޮތާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރުން ބުނަމުންދަނީ ރާއްޖޭގެ އިޤްތިސާދު މިހާލަތަށް ވެއްޓުނީ އެމްޑީޕީން މިދިޔަ ފަސްއަހަރު ވެރިކަންކުރި ގޮތުންކަމަށެވެ. އެގޮތުން އެމްޑީޕީވެރިކަމުގައި ގެންގުޅުނު މާލީ ސިޔާސަތުގެ ދޯހަޅިކަން ސަރުކާރުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.