ސިނަމާލެ ބްރިޖް... ފޮޓޯ/ ވޮއިސް
ހަބަރު
28 Aug 2024 | 14:09
ސިނަމާލެ ބްރިޖް އެހެރީ ޑިޒައިނާއެއްގޮތަށް.ލޭނެއް މަދެއްނޫން: މުއްތަލިބް

ސިނަމާލެ ބްރިޖްގައި ލޭނު މަދުވާކަމަށް ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ރައްދުދެއްވައިފިއެވެ.

ބްރިޖުން ލޭނުތަކެއް މަދުވެގެން ކަމަށް ބުނެ ރައީސް ޔާމީނު ޑރ.މުއިއްޒުއަށް ހަވަރަށް ދެއްވިކަމަށް ސަންގުޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މީސްމީޑިއާގައި އެކި ފަރާތްތަކުން ދައްކަމުން ގެންދަވާ ވާހަކަތާ ގުޅިގެން މުއްތަލިބް ވަނީ އެކްސްގައި އެކަން އޮތްގޮތް ސާފްކޮށްދެއްވާފައެވެ.

ބްރިޖް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކި ބްރިޖްގެ ޑިޒައިން ވީޑިއޯއިން ނަގާފައިވާ މަންޒަރެއް އެކްސްގައި ހިއްސާކުރައްވަމުން މުއްތަލިބް ވިދާޅުވެފައިވަނީ، ބްރިޖް މަސައްކަތްކޮށް ނިންމާފައިވަނީ ފައިނަލް ޑިޒައިނާ އެއްގޮތަށް ކަމަށެވެ. ބްރިޖްގެ ފައިނަލް ކުރެހުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނޭކަމަށްވެސް މިނިސްޓަރު މުއްތަލިބްގެ ޕޯސްޓްގައި ބުންޏެވެ.

ސިނަމާލެ ބްރިޖުން ލޭނެއް މަދުވެގެން އެ ވާހަކަ ބްރިޖް ހުޅުވި ދުވަސްވަރުވެސް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ދައްކާފައެވެ. މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުއަކީ ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދިޔައިރު، އެ މަސައްކަތުގައި ސަރުކާރުގެ ފަރާތުން އެކުލަވާލާފައިވާ ވިލަރެސް ކޮމިޓީގައި އެންމެ އިސްކޮށް ހުންނެވި ފަރާތެވެ. އަދި އޭރުގެ ހައުސިން މިނިސްޓަރަކީވެސް އަދުގެ ރައީސް ޑރ.މުއިއްޒުއެވެ.

ސިނަމާލެ ބްރިޖް މަޝްރޫޢުއަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއަ މަޝްރޫޢުއެކެވެ. ބްރިޖް މަސައްކަތް 2016 ވަނަ އަހަރު ފެށިއިރު މަޝްރޫޢުގެ މަސައްކަތް ނިންމައި ބްރިޖް ރަސްމީކޮށް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. ބްރިޖް މަޝްރޫޢުއަށް ޖުމްލަ 210 މިލިއަން ޑޮލަރު ހަރަދުވިއިރު، މީގެ ތެރެއިން ބޮޑުބައި ހަމަޖައްސާފައިވަނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.