މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ... ފޮޓޯ/ ވޮއިސް
28 Aug 2024 | 15:07
މަޖިލިސް ޗުއްޓީގައި އޮތަސް ސަރުކާރަށް މުހިއްމުވާ ހާލަތްތަކުގައި ޖަލްސާ ބާއްވާނަން: އަދުރޭ

މަޖިލީސް ޗުއްޓީއަށް ދިޔަނަމަވެސް ސަރުކާރަށް މުހިއްމުވާ ހާލަތްތަކުގައި ޖަލްސާތައް ކުރިއަށްގެންދާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ އިތުރުން ޕީއެންސީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ  އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މަޖިލިސް ޗުއްޓީއަށް ދިޔަނަމަވެސް ސަރުކާރަށް މުހިއްމުވެގެންދާ ހާލަތްތަކުގައި ޖަލްސާ ބާއްވާނޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައްޔިތުންގެ މަޖލީހުގެ އިންތިހާބުގައި ރައްޔިތުން މި ސަރުކާރަށް މިހާ ބޮޑު އަގުލަބިއްޔަތެއް ދެއްވީ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން ދިން ވޯޓާ އެއްގޮތަށް ސަރުކާރުން ބޭނުންވާ ކަންކަމުގައި މަޖިލީހުގެ އެއްބާރުލުން ފުރިހަމަޔަށް ލިބޭނޭކަން އަދުރޭ ފާހަގަކުރެއްވިއެވެ.

ރައްޔިތުން މަޖިލީހުގެ ވަރަށް ތަނަވަސް އަގުލަބިއްޔަތެއް މިއަދުގެ ސަރުކާރަށް ރައްޔިތުން ދެއްވީ. ސަރުކާރު ހިންގަން ބޭނުންވާ ހުރިހާކަމެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ސަރުކާރަށް ދަތިނުވާގޮތަށް ކޮށްދިނުމުގެ ބޭނުމުގައި ރައްޔިތުން އެ ފުރުސަތު ދެއްވީ.

އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެކަން އެގޮތަށް އޮތުމުން މަޖިލީސް ޗުއްޓީގަ އޮތަސް ސަރުކާރަށް މުހިއްމު ކަމެއް ދިމާވެއްޖެއްޔާ މަޖިލީހުގެ ދައުރުންބޭނުން ޖަލްސާ ބާއްވައިގެން ސަރުކާރުން އެދޭ ކަންކަން މަޖިލީހުގެ ތެރެއިން ކޮށްދޭނޭ ކަމަށެވެ. ސަރުކާރުން ތައްޔާރުވިހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވާނޭކަމަށް އަދުރޭ ވިދާޅުވިއެވެ

އަދުރޭ އިތުރަށް ވިދާޅުވީ، ސަރުކާރަށް އާމްދަނީ ހޯދުމަށާއި ރައްޔިތުންނަށް ހިދުމަތް ފޯރުޮށްދިނުމަށްޓަކައި ބޭނުންވާ ކަންކަން ކުރުމަށްޓަކައި ދައުރު ނިމެންދެން ރައްޔިތުންގެ މަޖިލީސް ނޯންނާނޭ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށް 200 އަށް ވުރެ ގިނަ އިސްލާހާއި އާބިލްތަކު އިތުރުން ޤާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާކަމަށްވެސް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ 75 މެމްބަރުން ތިއްބަވައެވެ. ރައްޔިތުން މަޖިލީހުގެ 19 ވަނަ ދައުރު ނިންމަވާލެއްވުމަށްފަހު އިއްޒަތްތެރި މެމްބަރުން ވަނީ ޗުއްޓީއަށް ވަޑައިގަންނަވާފައެވެ. މިއީ 20 ވަނަ މަޖިލީހަށް ނިސްބަތްވާ މެމްބަރުން ޗުއްޓީއަށް ދިއަ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.