ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް -- ފޮޓޯ: މަޖިލިސް
ހަބަރު
28 Aug 2024 | 20:26
މާލީ ބަޣާވާތް ނާކާމިޔާބުވީ އެމްއެމްއޭގެ ގަވަރުނަރު ބަދަލުކުރެވުނު ކަމުން: ނާޒިމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމި ނިންމުމަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން 'މާލީ ބަޣާވާތެއް' ހިންގަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ނާކާމިޔާބުވެގެން ދިޔައީ، އޭގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ދުރުކުރެވިފައި އޮތުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ސަން" އޮންލައިނަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، ކުރީގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރަން ޖެހުނީ ޑޮލަރުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އަމިއްލަ އިސްނެގުމުގައި މަސައްކަތް ކުރައްވާފައި ނުވާތީ ކަމަށެވެ. އަދި މިހާރު އެކަމަކީ ރަނގަޅު ނިންމުމެއްކަން ޔަޤީންވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ވިދާޅުވި ނާޒިމް، އެފަދަ ނިންމުމެއް ނިންމާއިރު އެކަމަށް ވަގުތު ދޭންޖެހޭނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް، އެމްއެމްއޭއިން އެޅި ފިޔަވަޅުތަކަކީ ވަރަށް މުހިންމު އަދި ރަނގަޅު ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެއީ ރައްޔިތުން ފަޚުރުވެރިވެ ޝުކުރުވެރިވާންޖެހޭ ވަރުގެ ނިންމުންތަކެއް ކަމަށެވެ. އަދި މި ފިޔަވަޅުތަކާއެކު ބީއެމްއެލްއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށް ނާޒިމް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، ބީއެމްއެލްގެ އެ ނިންމުމާ ގުޅިގެން ފުލުހުން ވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ވައްޓާލަން މަސައްކަތްކުރި ކަމަށް ބުނެ ޖިނާއީ ތަޙްޤީޤެއް ފަށާފައެވެ.

އަދި ރައީސް ޑރ.މުޢިއްޒު ވެސް ވަނީ އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.