ސއޓެލްކޯގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
29 Aug 2024 | 12:48
ސްމާޓް ގްރިޑް ގެ ސަބަބުން ކަރަންޓް ކެނޑިފައި ހުންނަ ވަގުތު ކުޑަކޮށް އާއްމުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިލިބޭ: ސްޓެލްކޯ

ސްމާޓް ގްރިޑް ގެ ސަބަބުން ކަރަންޓް ކެނޑިފައި ހުންނަ ވަގުތު ކުޑަކޮށް އާއްމުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިލިބިގެންދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ސްޓެލްކޯއިން ވަނީ ސްމާޓް ގްރިޑްގެ މަޝްރޫޢު އާއެކު މާލެ އަދި ރަށްރަށުގައި ވެސް އޮފީހުގައި ތިބެގެން ޓްރާންސްފޯމަރުތަކުގެ ލޯޑު ބަލައި ޓްރާންސްފޯމަރު ނިއްވާ އަދި ޖެއްސޭނެ ނިޒާމެއް މިހާރު ގާއިމް ކޮށްފައެވެ. އެ ނިޒާމް ގާއިމް ނުކުރެވި ހުރީ އެންމެ ތިން ރަށުގައި ކަމަށް އެ ކުންފުނިން ބުނާއިރު، އެ ތިން ރަށުގައިވެސް އަންނަ އަހަރު އެ މަސައްކަތް ނިމޭނެ ކަމަށް ބުނެފައިވެއެވެ. 

މިކަމާ ބެހޭ އިތުރު މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު، ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން އިބްރާހިމް ނާޝިދު ވަނީ، ސްމާޓް ގްރިޑްގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭނެ ފައުދާތަކުގެ މައްޗަށް އަލިއަޅުވާ ލައްވާފައެވެ. 

އެގޮތުން ވިދާޅުވީ، މީގެ ކުރިން ކަރަންޓް ކެނޑިއްޖެ ނަމަ، ޖެހެނީ ޕިޒިކަލީ އެ ޓްރާންސްފޯމަރ ކައޮރިއަށް ދާން ކަމަށެވެ. އޭގެ ސަބަބުން ކަރަންޓް ކެނޑިފައި ހުންނަ ވަގުތުތަށް ދިގުދެމިގެންދާ ކަމަށެވެ. 

އަޅުގަނޑުމެން، 2021 ވަނަ އަހަރާ، 2022 ވަނަ އަހަރުގެ ފަހު ކޮޅު ސްމާޓް ގްރިޑް ތައާރަފް ކުރުމާ އަޅާ ބަލާނަމަ، ކަރަންޓް ކެނޑިފައި ހުންނަ ވަގުތު، 260 މިނެޓުން 93 މިނެޓަށް ކުޑަ ކުރެވިއްޖެ. 

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު، ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން އިބްރާހިމް ނާޝިދު 

ނާޝިދު ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭއިރު އެ ޕްރޮޖެޚްޓް ނިމޭނެ ކަމަށާ، އެއާއެކު “އެކިއެކި ސަބަބު ތަކާއިހުރެ ކަރަންޓް ކެނޑުމުން އެ ދިމާވާ އުނދަގޫތައް ވަރަށް ބޮޑުތަނުން ހައްލުވެގެންދާނެ” ކަމަށެވެ.  

"މާލެ އާއި ހުޅުމާލޭގެ 57 ޓްރާންސްފޯމަރު މިހާރު ގްރިޑު ތެރެއަށް އިންޓަގްރޭޓު ވެފައި އެ ހުރީ. އަޅުގަނޑުމެންގެ ފީޑުގައި ހުރި ހުރިހާ ޑިސްޓްރިބިއުޝަން ނެޓްވޯކަކަށް ފައިބާ ނެޓްވޯކު އެޅިފައި އެ ހުރީ. އަޅުގަނޑުމެންގެ ސްމާޓް ގްރިޑުގެ ބެކް ބޯން ސްޓްރަކްޗާ އެކީ ނިމިފައި އެ ވަނީ،" ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު، ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ