ރައީސް މުޢިއްޒު އާއި ޗައިނާ ސަފީރު
ހަބަރު
30 Aug 2024 | 10:56
ސިނަމާލެ ބްރިޖަކީ ރާއްޖެ-ޗައިނާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމާއި، އިތުބާރުގެ ނިޝާނެއް: ރައީސް މުޢިއްޒު

ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމާއި، އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރުގެ ނިޝާނެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ 6 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ފޯސްޓެއްގައެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، 2018 ވަނަ އަހަރުގެ އޯގަސްޓް 30 ވަނަ ދުވަހު ހުޅުވުނު މި ބްރިޖަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ނިޝާނެއް ކަމުގައެވެ.

މި ބްރިޖަކީ ހަމައެކަނި ރަށްތައް ގުޅުވައިދޭ އެއްޗެއް ނޫން. އެހެނެއް ކަމަކު މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ބައިވެރިކަމާއި އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރުގެ ނިޝާނެއް. އަދި މި ބްރިޖަކީ ދެ ޤައުމުގެ ކުރިއެރުމާއި، އެއްބައިވަންތަކަމާއި، ފާގަތިކަމަށް ޓަކައި އެކުގައި މަސައްކަތްކުރުމުގެ ހެއްކެއް

ރައީސް ޑރ މުހައްމަދު މުޢިއްޒު

މިއާއެކު ރައީސް މުޢިއްޒު ވަނީ، އަންނަން އޮތް ޖީލުތަކަށްވެސް މި ބްރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމުގެ ނިޝާނެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

2018 ވަނައަހަރުގެ އޮގަސްޓުމަހު 30 ވަނަ ދުވަހުގެރޭ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހަވާ އަރުވައި ލޭޒަރ ލައިޓްގެ ކުލަގަދަ ހަރަކާތްތަކާއި އެކުއެވެ. މި ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރަށްޤީގެ އެންމެ ބިޔަ އެއް މަޝްރޫއެވެ. 

ސިނަމާލެ ބުރިޖުގެ މަސައްކަތަކީ ރައީސް ޔާމީންގެ ވެެރިކަމުގައި 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ބުރިޖެކެވެ. އޭގެ ތެރެއިން 126 މިލިއަން ޑޮލަރަކި ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި ބުރިޖުގެ މަސައްކަތް ބެލެހެއްޓެވީ އޭރުގެ ހައުސިންގ މިނިސްޓަރ އަދި އަދުގެ ރައީސް ޑރ.މުއިއްޒުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.